އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް "އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" މިރޭ ހުޅުވައިފި އެވެ.

އިހަވަންދިއްޕޮޅުގައި ހިންގާ އުތުުރު ގޭޓްވޭ ޕްރޮޖެކްޓްގެ ތެރެއިން އެކަމަށް ހާއްސަ މައި އޮފީސް "އުތުރު އުލިގަން އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ހުޅުވީ އެކަމަށްޓަކައި މިރޭ އުލިގަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެެ. އެ ރަސްމިއްޔާތުގައި އެ އޮފީސް ހުޅުވައި ދެއްވާފައިވަނީ އެ ރަށުގެ ރިޓަޔާޑް މެޖިސްޓްރޭޓް އިދްރީސް އާދަމެވެ.

އުލިގަން އިންޓަނޭޝަނަލް ޝިޕް "އެންޑް ޕޯޓް ސެކިއުރިޓީ ގޭޓް" ގައި އެމްޕީއެލް އާއި އިމިގްރޭޝަނާއި ކަސްޓަމްސް އަދި އެމްއެންޑީއެފްގެ މުވައްޒަފުންނަށް ހާއްސަ ޖާގަ އެއް ޚާއްސަކޮށްފައި ހުރެއެވެ. އަދި މައްސަލައެއް ދިމާވެއްޖެނަމަ، ޑިޓެންޝަން ރޫމެއްގެ އިތުރުން، އެ އޮފީހަށް ވަންނަ ފަރާތްތައް ސްކްރީން ކުރުމަށް ސެކިއުރިޓީ ސްކްރީން މެޝިން ވެސް ބަހައްޓާފައި ހުންނާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، ރޭ ހުޅުވުނު އޮފީސް މެދުވެރިކޮށް، 14 ހިދުމަތެއް ފޯރުކޮށްދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޚިދުމަތްދޭނެ ގާބިލް މުވައްޒަފުން އެބަތިބި ކަމަށާއި އެކަމަށް ހާއްސަ ވެބްސައިޓެއް އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން