ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

ހއ. އުލިގަމުގައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި މެރިޓައިމް ދާއިރާގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އުލިގަމުގައި ތިން މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށާއި އޭގެ ތެރޭގައި ޔޮޓްތަކަށް ހާއްސަ މެރީނާއެއް ތަރައްގީ ކުރުމުގެ މަޝްރޫއު ހިމެނޭ ކަަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން ހަ ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެެވެ. އަދި ޔޮޓް މެރީނާ އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ. ވަޖީހު ވިދާޅުވީ އެމަޝްރޫއުގެ އިތުރުން އުލިގަމުގައި ސިޓީ ހޮޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަން ވެސް ނިންމާފައިވާ ކަމަށެެވެ.

މީގެ އިތުރުން ވަޖީހު ވިދާޅުވީ ކްރޫޒް ލައިންތަކަށް ހިދުމަތް ދިނުމަށް ރާއްޖޭގެ ތިން ސަރަހައްދުގައި ކްރޫޒް ޓާމިނަލް ގާއިމް ކުރާނެ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި ދައުރުގެ ތެރޭގައި އުތުރާއި، މެދު ރާއްޖެ އާއި ދެކުނުގައި ކްރޫޒް ޓާމިނަލް ގާއިމް ކުރާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން