ގއ. ވިލިނގިލީގައި އައިޑީ ކާޑު ޕްރިންޓްކުރެވޭ ގޮތް ހަދައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ހިދުމަތް ރަސްމީކޮށް ފެށީ ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

މިއީ އަތޮޅު ތެރޭގައި އައިޑީކާޑު ޕްރިންްޓްކުރެވޭ ގޮތަށް ހެދި ފުރަތަމަ ރަށެވެ. އޭގެ ކުރިން އައިޑީ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ދެނީ ހަމައެކަނި މާލެއިންނެވެ.

މިހާރު ރާއްޖޭގެ ކޮންމެ ސަރަަހައްދެއްގައި ހުރެގެންވެސް ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޕޯޓަލް މެދުވެރިކޮށް އައިޑީ ކާޑު ހަދަން ހުށަހެޅެ އެވެ.

އަދި ރަށު ކައުންސިލްތައް މެދިވެރިކޮށް ކޮންމެ ރަށަކުން ވެސް އެ ކާޑުތައް ނެގޭނެ އެވެ.

ސަރުކާރުން މިދިޔަ އޭޕްރީލް މަހު ބުނީ އުމުރުން 65 އަހަރުވެފައިވާ މީހުންގެ އައިޑީ ކާޑުގެ މުއްދަތު ހަމަވުމުން އެ ކާޑު އަލުން އާކުރަން ނުޖެހޭ ގޮތް ހަދަން ނިންމާފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން