އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނާއި ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބަހުސެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އދ. ގެ އާންމު މަޖިލީހުގެ ފުރަތަމަ ސެޝަން ކަމަށެވެ. އެގޮތުން ސެކިއުރިޓީ ކައުންސިލުގެ ހާއްސަ އޯޕަން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން ރައީސް މުޢިއްޒު ވާހަކަފުޅު ދައްކަވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަން ހީނާ ފާހަގަކުރެެއްވި އެވެ.

މީގެ އިތުރުން އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ނިއު ޖާޒީގައި ހުންނަ އައިވީ ލީގުގެ ޔުނިވާސިޓީއެއް ކަމަށްވާ ޕްރިންސްޓަން ޔުނިވާސިޓީގައި ވެސް ރައީސް ތަގުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އދގެ އާންމު މަޖިލީހުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނީ މި މަހުގެ ފަހުކޮޅު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން