ސަރުކާރުގެ ހަރަދުގައި ކިޔަވާ އެކިއެކި ސްކޮލަޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ހަޔަރއެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހަޔަރއެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުން މިއަދު ބުނީ މަތީ ތައުލީމު ހާސިލު ކުރުމަށް ސަރުކާރުން ދޭ ސްކޮލަޝިޕްތަކަށް މިއަހަރުގެ މިހާތަނަށް 103 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި މި ފައިސާ ދޫކުރެވިފައި ވަނީ ބޭރު ފައިސާގެ ގޮތުގައި ކަމަށެވެ.

ބޭރު ފައިސާގެ ތެރެއިން ޔޫއެސް ޑޮލަރުން ނުވަތަ އެ ދަރިވަރަކު މަތީ ތައުލީމު ހާސިލު ކުރުމަށް ދާ ގައުމެއްގައި ބޭނުން ކުރާ ފައިސާ ކޮންމެ ދަރިވަރަކަށްވެސް ދޫކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ފައިސާ ދެ ގޮތަކަށް ދޫކުރެވެމުންދާކަމަށާއި އެއީ ކިޔަވާ މަރުކަޒަށް ދައްކަންޖެހޭ ފައިސާ ޓީޓީ ކޮށްގެން ސީދާ އެ ކިޔަވަމުންދާ މަރުކަޒަށް ދެއްކުމާއި ދަރިވަރުންގެ އެހެނިހެން ހަރަދުތަކަށް ދޫކުރާ ފައިސާ ސީދާ އެދަރިވަރުން ކިޔަވާ ގައުމެއްގަ ހުޅުވާފައި އޮންނަ ބޭންކަށް ޓްރާންސްފާ ކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ދަރިވަރުންނަށް ފައިސާ ހަވާލުކުރުމުގައި މިނިސްޓްރީން ބަންދު ދުވަސްތަކުގައިވެސް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިހިނގާ ސެޕްޓެމްބަރު މަހަކީ ވަރަށް ގިނަ ދަރިވަރުން އެކިއެކި ތަންތަނަށް ކިޔަވަން ފުރަމުންގެންދާ މަހެއް ކަމަށާއި އެހެން ކަމުން ނަގުތު ފައިސާގެ ގޮތުގައި ދޫކުރަމުންގެންދާ ބޭރު ފައިސާގެ އަދަދުވެސް ވަރަށް ބޮޑުތަނުން މިމަހު މަތިވެފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެންމެ ދުވަހެއްގެ ތެރޭގައި ވެސް އެއްލައްކަ ހަތްދިހަ ހާހަށްވުރެ ގިނަ ޑޮލަރު ދަރިވަރުންނާ ހަވާލުކުރެވިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން