ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގައި ހުންނަ ކަލްޗަރަލް ސެންޓަރަށް ޒިޔާރަތްކުރެއްވުން.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގައި ހުންނަ ކަލްޗަރަލް ސެންޓަރަށް ޒިޔާރަތްކުރެއްވުން.
ސްރީލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އިލްތިމާސްކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިކަން އަންގާފައިވަނީ 21 ސެޕްޓެމްބަރ 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބާއި ގުޅިގެން، ސަލާމަތީ ފިޔަވަޅުތައް އިތުރުކުރެވިފައިވުމާއެކުގައެވެ.

އެގޮތުން، ބޭރަށް ނިކުންނައިރު އެކަށޭނެ އައިޑެންޓިފިކޭޝަން ގެންގުޅުމަށާއި، ގިނަ މީހުން ޖަމާވާ ތަންތަނަށް ވީވަރަކުން ނުދިއުމަށާއި، ވޯޓުލާ މަރުކަޒުތައް ކައިރިއަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސް ކިށްފައެވެ. މީގެއިތުރުން ދަންގަޑިތަކުގައި ވީވަރަކުން ބޭރުގައި ނޫޅުމަށާއި، ފުލުހުން ނުވަތަ ސަލާމަތީ ޚިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަންވުމަށް އެމްބަސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބޭނުންވާ ޒަރޫރީ ތަކެތި ދުރާލާ ހޯއްދެވުމަށާއި، ގެންގުޅުއްވާ ވެހިކަލްތަކަށް ދުރާލާ ފިއުލް އެޅުމަށްވެސް އެމްބަސީއިން އިރުޝާދުދީފައި ވެއެވެ. އަދި ކުރިއަށް އޮތް ބަންދު ދުވަސްތަކަށް ވިސްނައި ވިސާއާއި ގުޅުންހުރި ކަންކަން ހަމަޖެއްސެވުމަށް ވެސް އެމްބަސީއިން އިލްތިމާސް ކޮށްފައިވެއެވެ.

އަންނަ ހޮނިހިރު ދުވަހު ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބާއި ގުޅިގެން އެގައުމުގައި ސަލާމަތީ ކަންކަން ވަނީ ކުރިއަށްވުރެ ވަރުގަދަ ކުރެވިފައެވެ. މިކަމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ އެގައުމަށް ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އަންގައި ޓްރަވަލް އެޑްވައިޒަރީތައް ނެރެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން