ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ( ކ) އަދި ބޮޑުވަޒީރު މަހެންދުރަ ރާޖަޕަކްސަ ( ވ)
ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ( ކ) އަދި ބޮޑުވަޒީރު މަހެންދުރަ ރާޖަޕަކްސަ ( ވ)
ސްރީލަންކާގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް އެގައުމަށް އެހެން ގައުމުތަކުން މަސް އެތެރެކުރުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެ ރާއްޖެއިން ލަންކާއަށް މަހުގެ ވިޔަފާރި ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތަށް އެގައުމުގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ދެކޮޅު ހައްދަވައިފިއެވެ.

ސްރީލަންކާއަށް އެތެރެކުރާ މުދާ މަސްވެސް ހިމެނޭގޮތަށް ކޮންޓްރޯލްކުރައްވާނެ ކަމަށް އެގައުމުގެ ރައީސް ވިދާޅުވެފައިމިވަނީ ރާއްޖޭގެ މަސްވެރިން ބާނަ މަސް ސީދާ ލަންކާގެ ބާޒާރަށް ވިއްކޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ ދިވެހި ސަރުކާރުގެ އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. ލަންކާގައި ވަނީ ގައުމަށް އެތެރެކުރާ މުދާ ކޮންޓްރޯލްކޮށް، ދަނޑުވެރިންގެ ވިޔަފާރިތައް ހިމާޔަތްކުރުމަށް ފިޔަވަޅުތައް އެޅުމަށް ނިއްމައި އަދި އެގައުމަށް އެތެރެކުރާ މުދާ ބޭރުކުރުންވެސް މަނާކޮށްފައެވެ.

ދާދިފަހުން ލަންކާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު މަގާމާއި ހަވާލުވެވަޑައިގެންފަހުން ޕާލަމަންޓްގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވީ މަގާމާ ހަވާލުވުމަށްފަހު ގައުމަށް އެތެރެކުރާ މުދަލުގައި ކޮންޓްރޯލްތަކެއް ގެންގުޅުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވަނީ އެގައުމުގެ ވިޔަފާރިތަކާއި ވިޔަފާރިވެރިން ހިމާޔަތްކުރުމަށް ކަމަށެވެ. މީގެއިތުރުން ވިޔަފާރިވެރިންނަށް އިންޓްރެސްޓް ރޭޓް ކުޑަކޮށްދީ ޓެކްސްތައް ކަނޑާލާނެ ކަމަށާއި ދަނޑުހައްދާ މީހުންނަށް ދަނޑުހެއްދުމަށް ބޭނުންވާ ގަސްކާނާ ހިލޭދޭނެކަމަށްވެސް ރާޖަޕަކްސަ ވިދާޅުވިއެވެ. އަދި އެމީހުންގެ ވިޔަފާރިތަކަށް ފައިދާވާނެ ކަން ޔަގީންވާފަދަ ބަދަލުތަކެއް ގެންނަވާނެކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ.

"ސްރީލަންކާ އަށް މަސް އެތެރެކުރުން ހުއްޓާލަންޖެހޭ. އަހަރުމެންގެ ގައުމަކީ ވަށައިގެން ކަނޑު އޮތް ގައުމެއް. މީގެއިތުރުން ގަވާއިދާ ޚިލާފަށް އަހަރުމެންގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަސް ބޯޓުތައް އެތެރުވުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވާނަން." ރާޖަޕަކްސަ ވިދާޅުވިއެވެ.

ލަންކާގެ ރައީސް ވިދާޅުވީ ދަނޑުވެރިންނާއި މަސްވެރިންނަށް ޓެކްނޮލޮޖީގެ އައު ކަންތައްތައް ތަޢާރަފްކުރައްވާނެ ކަމަށާއި މަސްވެރިކަމުގެ ބަނދަރުތައް ހައްދަވާނެކަމަށެވެ.

ސްރީލަންކާ - މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭ މަސްވެެރިން ބާނާ މަސް ސީދާ ލަންކާގެ ބާޒާރަށް ވިއްކޭނެ ގޮތް ހަމަޖެހުމަކީ އެމްޑީޕީ އަދި މި ސަރުކާރުގެ ވިސްނުމެއް ކަމަށެެވެ. އަދި ހަމަ އެފަދައިން ލަންކާގެ މަސްވެރިން ބާނަ މަސް ރާއްޖެއަށް ވިއްކޭ ގޮތަށް އިންތިޒާމް ހަމަޖެހިގެން ދިޔުން މުހިއްމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރުގެ ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގައި އަބަދުވެސް މި ވިސްނުން އޮވޭ، އެއީ ދިވެހި މަސްވެރިން ގޮސް ސީދާ ލަންކާގެ ބާޒާރަށް މަސް ވިއްކޭނެ ގޮތެއް ހޯދުން، އަދި ލަންކާގެ މަސްވެރިން ވެސް ދިވެހި ބާޒާރަށް އައިސް މަސް ވިއްކާނެ ގޮތެއް ހަމަޖެއްސުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ފަހުމީ

22-Aug-2020

ދުނިޔޭގެ ގައުމުތަކުން އިސްކުރާނީ އަމިއްލަ އިސްތިގުލާލު ދެމެހެއްޓުމަށް ބޭނުންވާ މިނިވަން ސިޔާސަތެވެ.



ޓްރެންޑިން