ޒުވާނުންގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ކުށުގެ ރެކޯޑް ސާފުކުރުމުގައި ދަތިތަކެއް ހުރެގެން ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ އިނާމުދިނުމަށް އެންމެ ފުރަތަމަ ނިންމާފައި އޮތީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭގެ ކުރިން އެ އިނާމަށް ކުރިމަތިލުމަށް ހުޅުވައިވެސްލިއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާ ދުވަސް ފަސްކުރީއެވެ.

އޭގެ ފަހުން މި މަހުގެ 10 ވަނަ ދުވަހު އެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވެސް އިތުރުކުރިއެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހު ވަނީ އެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

ރޭ ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ޔޫތު މިނިސްޓަރު ވަހީދު ވިދާޅުވީ އެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު މި ފަހަރު އިތުރުކުރީ ކުޑަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ކުށުގެ ރެކޯޑް ސާފުކުރަން ދިން މުއްދަތުގެ ތެރޭގައި އެކަން ނުކުރެވިގެން އެކަން މިނިސްޓްރީއަށް އެންގި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުށުގެ ރެކޯޑެއް ސާފުުނުވެގެން ދިވެހި ޒުވާނުންގެ އަގު ވަޒަންނުވެ އޮންނާކަށް ބޭނުންނުވާ ކަމަށެވެ. އެެހެންވެ ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުކުރީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން މުއްދަތު އިތުުރުކުރާ އިރުވެސް މިހާރު މި ކަންބޮޑުވުމެއްގެ ގޮތުގައި އޮތުމާއެކު އަޅުގަނޑުމެން ދަންނަވާފައި އޮންނާނެ ކުށުގެ ރެކޯޑް މި މުއްދަތުގެ ތެރޭގައި ސާފު ނުވިޔަސް އެންމެ ރަނގަޅޭ. މާނައަކީ 26 ސެޕްޓެމްބަރު އަންނަ ބުރާސްފައްޗާ ހަމައަށް ހުރިހާ ތަނަކަށް ފޯމު ލައިގެން ހުރިހާ ކޯޓަކުން އެ ނުލިބުމުގެ ފުރުސަތު އެބައޮތޭ. ޒުވާނުންނަށް އަޅުގަނޑުމެން މި އެދެނީ ސަބްމިޓްކުރައްވާށޭ ފޯމު. ސަޕޯޓިން ޑޮކިއުމަންޓްސް. ދެން ޖަޖިން ފަށާނެއޭ. އެ މުއްދަތުގެ ތެރޭގައި ކުށުގެ ރެކޯޑް ސާފުކުރެވިދާނެއޭ. އެއީކީ މައްސަލައެއް ކަމަށް އަޅުގަނޑުމެންނަކަށް ނުފެނޭ" އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން