މިއަދުގެ ޚުޠުބާގައި ދަރަނި މަޢާފުކުރުމުގެ މަތިވެރިކަމާއި އޭގެ ސަވާބުގެ މަތިވެރިކަން ބަޔާންކޮށްދެއްވައިފިއެވެ. އިސްލާމްދީނުގައި ދަރަނި އަދާކުރުމުގެ މުހިންމުކަމާއި، ދަރަނިވެރިޔާއަށް ލުއިފަސޭހަކޮށްދިނުމުގެ މަތިވެރިކަން ފާހަގަކުރައްވައިފައިވެއެވެ.

ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާގެ ޙަދީޘްފުޅުތަކުގެ އަލީގައި ޚުޠުބާގައި ފާހަގަކުރެއްވި މުހިންމު ނުކުތާތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ތިރީގައި ފާހަގަކޮށްލާނަމެވެ.

1. މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުމަކީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިން ތިންވަނަ ކަމެވެ.

2. އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިިނުން، ދަރަނީން ބައެެއް މަޢާފުކޮށްދިނުން ނުވަތަ މުޅި ދަރަނި މަޢާފުކޮށްދިނުމަކީ ވެސް މި ހެޔޮ އަމަލުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

3. ދަރަނިވެރިޔާއަށް ލުއިދޭ މީހާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ޤިޔާމަޔާމަތްދުވަހު ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެއެވެ.

4. ދަރަނި އަދާކުރުން ލަސްކޮށްދިނުމަކީ ޞަދަޤާތެއްގެ ގޮތުގައި ބެލެވޭނެ ކަމެކެވެ.

5. މީސްތަކުންނަށް ފައިދާކުރަނިވި މީހަކަށްވުމަކީ ﷲ ގެ ލޯބި ލިބުމުގެ ސަބަބެކެވެ.

މި ޚުޠުބާއިން އަޅުގަނޑުމެންނަށް އެނގިގެންދަނީ އިސްލާމްދީނުގައި އެހެން މީހުންނަށް އެހީތެރިވުމާއި، ޚާއްޞަކޮށް ދަތި ޙާލުގައިވާ މީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ މުހިންމުކަމެވެ. މިފަދަ ހެޔޮ ޢަމަލުތަކަކީ ދުނިޔެއާއި އާޚިރަތުގައި ވެސް ހެޔޮ ނަތީޖާ ލިބިގެންދާނެ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން