ބަންކަރިން ޚިދުމަތާއެކު ތަރައްގީގެ ބިންގާ އެޅި އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގަައި ބަންކަރިން ޚިދުމަތް އިއްޔެ ފެށުމާއި ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ބަންކަރިންގް ޚިދުމަތް ފެށުމުން ރާއްޖޭގެ އިޤުތިޞާދު ފުޅާވެގެންދާނެކަމަށެވެ. އެގޮތުން ބަންކަރިން ޚިދުމަތާއެކު ޤައުމީ ތަރައްޤީގެ ގިނަ ކަންކަމުގެ ބިންގާއެޅިގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބަވަނަވެފައިވާ ދުނިޔޭގައި ވިޔަފާރީގެ ގުޅުންތަކާއި އުކުޅުތަކާއި ހުނަރުތައް ރާއްޖެއަށް ދަސްވާނެ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ



"މިއީ އިންޤިލާބީ ބަދަލެއް ރާއްޖެއަށް ގެނުވާނެ ކަމެއް، މަރުޙަބާ ރައީސުލްޖުމްހޫރިއްޔާ،" ބަންކަރިން ޚިދުމަތް އިއްޔެ ފެށުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދޭނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެންނެވެެ. ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތަށް ދެ ބޯޓް އެސްޓީއޯ އިން މިހާރު ވަނީ ގެނެސްފައެެވެ. ބަންކަރިން ޚިދުމަތާއެކު އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ޚިދުމަތްދޭއިރު، އެމްޕީއެލުން ޚިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން