ގަވާއިދަށް ގެނައި ބަދަލާ އެކު ޓެކްސީ ލައިސަންސް ދޫކުރެވޭނީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކުރުމުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ ޓެކްސީ ގަވާއިދަށް ގެނައި އިސްލާހާ އެކު ޓެކްސީ ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ކަމަށް ގަވައިދަށް ގެނައި އިސްލާހުގައި ހިމަނާފައިވާނޭ ކަމަށެވެ.

މީގެ އިތުރުން، ލައިސަންސަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށަހަޅާގޮތަށްވެސް ގަވާއިދުގައިވަނީ ހިމަނާފައެވެ.

މި މަހުގެ 17 ވަނަ ދުވަހު ގެނައި މި އިސްލާހާއެކު މިއަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

ޓެކްސީ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ޓެކްސީ ލައިސަންސް ދޫކުރާނީ އަހަރީ ފީ ދައްކައި، ރޯޑުވާދިނަސް މިންގަނޑަށް ފެތޭ އުޅަނދަކަށެވެ. އަދި ތަރޑް ޕާޓީ އިންޝުއަރެންސް ލިބިފައިވާންޖެހޭ އުޅަނދަކަށްވާންޖެހޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން