މާލޭގައި ދިރިއުޅޭ މާލޭރައްޔިތުންގެ ތެރެއިން އެތައްބައެއްގެ ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދީ ގުޅިފަޅުގައި ޕޯޓް ހެދުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމުގައި ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ގުޅީފަޅުން އޮތް ގެދޮވެރިކަމުގެ ޖާގަވެސް ނަގާލައި އެތަނުގައި ޕޯޓް ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭގެ އެތަކެއް ރައްޔިތުންނެއް މިއަދުވެސް ވަންނާނެ ތަނެއްނެތި މަގުމަތިވަމުންދާއިރު އެކަންކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅިފަޅުގައި ހަދާ ޕޯޓް މިހާރުން މިހާރަށް ހުއްޓާލައި ޕޯޓް ތިލަފުށީގައި ހެދޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކުރަންޖެހޭ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވެފައިވާ ވައުދުތައް ތަންފީޒު ކުރުމަށް އެއްވެސް ބަހަނާއެއް ނުދައްކައި އެވައުދުތައް ތަންފީޒު ކުރަންޖެހޭކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ހައްގުތަކަށްޓަކައި އެކަނިވެސް ގުޅިފަޅުގައި ޕޯޓް ހެދުން ހުއްޓުވަންޖެހޭ. ގުޅިފަޅުގައި ޕޯޓް ހެދުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް. ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދުވެސް ތިލަފުށި." މުއިއްޒު ވިދާޅުވިއެވެ.

ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ޤާއިމްކުރުމުގެ މަސައްކަތަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމަޝްރޫޢު ހިންގުމަށް ގުޅިފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާގޮތުން ގުޅިފަޅު މަޝްރޫޢަށް 300 މިލިއަނެއްހާ ޑޮލަރު ހޭދަވާނެއެވެ.

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހައުސިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ އެކަށީގެން ނުވާވަރުގެ ބޯހިޔާވަހިކަމެއްކަމަށް ބަލާ 600 އަކަފޫޓަށްވުރެ ކުދި ތަންތަންކޮޅުގައި އުޅޭ 17،073 އާއިލާއެއް މާލޭގައި އެބަތިބިކަމަށެވެ. އޭގެ ތެރެއިން 11،951 އާއިލާއަކީ އެހެން އަތޮޅުތަކުން ހިޖުރަކޮށް ދަފްތަރު ނުވެ ބޯހިޔާވަހިކަން ލިބޭނެ ގޮތެއް އަދި ނެތް އާއިލާތަކެއް ކަމަށް މިނސްޓަރ އަސްލަމް ވިދާޅުވިއެވެ.

އެ އާއިލާތަކުގެ ތެރޭގައި ސަރުކާރުން ކައުންސިލް ހައުސިންގ ހަމަޖައްސައިދޭންޖެހޭ އާއިލާތައްވެސް އެބަތިބި ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވެފައިވެއެވެ. އެގޮތުން ކައުންސިލް ހައުސިން ބޭނުންވާ 1336 މާލޭ ރައްޔިތުން ތިބިއިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 3137 މީހަކު ކައުންސިލް ހައުސިން ބޭނުންވާ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި އެފޯޑަބަލް ހައުސިން ބޭނުންވާ 2138 މާލޭ މީހަކު ތިބި އިރު މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ 2916 މީހަކަށް އެފޯޑަބަލް ހައުސިންގް ބޭނުންވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ބަންޑޭރި

23-Aug-2020

ގުޅީފަޅަކީ އިންސާނުން ދިރިއުޅެން ކަމުދާ ތަނެއްނޫނޭ ކިޔާފަ ގުޅީފަޅު ގައި ފްލެޓްއަޅަމުން ދަނިކޮށް އެ ޕްރޮޖެކްޓް ހުއްޓުވާ ،މާލޭ ގެ އެތަށް އާއިލާއެއްގެ ގުޅީފަޅުން ބޯހިޔާވަހި ކަމަށް ކުރި އުއްމީދުތައް ފުޑުފުޑު ކޮށްލި ހައުސިން މިނިސްޓަރ، މިހާރު އެހެން ރާގަކަށް އެހެން ލަވައެއް ކިޔަސް ،،،،،،



ޓްރެންޑިން