ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަނީ
ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަނީ
މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ދަޢުލަތަށް 232 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކޯޓާ ފީގެ ގޮތުގައި ދަޢުލަތަށް 232 މިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 104 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 1.2 އިންސައްތައިގެ ކުރިއެރުމެކެވެ.

އޭގެއިތުރުން މިއަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ދަޢުލަތަށް 60 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ހަމައެއާއެކު ވޯކް ޕާމިޓް ފީގެ ގޮތުގައި 433 މިލިއަން ރުފިޔާ ދަޢުލަތަށް ވަނީ ލިބިފައެވެ.

ބިދޭސީންނާ ގުޅުން ހުރި ފީތަކުގެ ގޮތުގައި ދަޢުލަތަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ބިދޭސީންނާ ގުޅޭ ފީތައް ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ދާޚިލީ ވުޒާރާއިން ވަނީ ޢާއްމުކޮށްފައެވެ.

މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާގޮތުން ވޯކް ޕާމިޓާއި ޖޫރިމަނާއާއެކު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކުންފުނިތަކުގެ އަދަދު 123 އަށް އަރައެވެ.

ނަމަވެސް އޭގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު ވަނީ އެފައިސާތައް ދަޢުލަތަށް ދައްކާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން