ސ. މަރަދޫ އިން ރެއިއްސުރެން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫއިން އަހުމަދު ހާރޫން ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ރެއި 19:00 ގެއިން ނިކުމެގެން ދިޔަ ސ. މަރަދޫ ފިރިހެނަކު ގެޔަށް ނައިސް ގެއްލިގެން އުޅޭ މައްސަލަ މިއަދު މެންދުރު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މިމީހާ ފެނިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ ހާރޫން ފެނިފައިވަނީ އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއެއްގެ ތެރެއިން މިއަދުގެ 17:05 ހާއިރު ކަމަށެވެ.

އަދި މިހާރު ހާރޫނުގެ ސިއްހީ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން