ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ، ކުރީގެ ސަރުކާރުގައި މަޑުޖެހިފައި އޮތް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމުގެ ޕްލޭނާ ގުޅޭ ގޮތުން، ސަރުކާރުން މަޝްވަރާތައް ފަށާފައިވާ ކަމަށް ބުނެ ރާއްޖޭގެ ނޫހެއްގައި ޝާާއިއުކުރި ޚަބަރަކާއި ގުޅިގެންނެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ވެރިން އަޑުއުފުލައި ސޭވް އައްޑޫގެ ނަމުގައި މުޒާހަރާކުރި ކަމަށް އެޚަބަރުގައި ރިޕޯޓްކޮށްފައިވެއެެވެ.
އެކަމާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަަމަށެވެ. އަދި އެއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކަން ހިނގާދިޔަ ގޮތް ކަމަށް އަޒާން ވިދާޅުވިއެވެ.
"ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ،" ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަޒާން ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން. އެއީ އެމްޑީޕީ ވެރިކަމުގަ ކަން ހިނގި ގޮތް. ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ. https://t.co/IJCnL93Omm
— Ahmed Azaan (@axanner) September 21, 2024
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ވެރިން އަޑުއުފުލައި ސޭވް އައްޑޫގެ ނަމުގައި މުޒާހަރާކުރި ކަމަށް އެޚަބަރުގައި ރިޕޯޓްކޮށްފައިވެއެެވެ.
އެކަމާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ބަޔަކު އަދި ބުނާހާ ކަމެއް ކުރާނެ ސަރުކާރެއް ނޫން ކަަމަށެވެ. އަދި އެއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކަން ހިނގާދިޔަ ގޮތް ކަމަށް އަޒާން ވިދާޅުވިއެވެ.
"ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލަށް ނުރަނގަޅު އަސަރުކުރާނެ އެއްވެސް ކަމެއް މިއަދުގެ ސަރުކާރުން ނުކުރާނެ،" ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަޒާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު