ސްރީލަންކާގައި ކާފިއު އިއުލާނު ކޮށްފައިވާތީ އެކަމަށް ދިވެހީން ސަމާލުވާން އެދިއްޖެއެވެ.

ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބުނެފައިވަނީ ސްރީލަންކާގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބަށްފަހު މިރޭ 10:00 އިން ފެށިގެން މާދަމާ ހެދުނު 6:00 އަށް މުޅި ސްރީލަންކާގައި ކާފިއު އިޢުލާން ކޮށްފައިވާތީ، ކާފިއު ގަޑިތަކުގައި ދިވެހިން ގެއިން ބޭރަން ނުކުމެ ނޫޅުމަށް އިލްތިމާސް ކުރާކަމަށެވެ.

ނަމަވެސް، ކުއްލި ހާލަތުގައި ހައިކޮމިޝަންގެ އެހީއަކަށް ބޭނުންވެއްޖެނަމަ، އެ ކޮމިޝަންގެ ހޮޓްލައިން، 94768816666 އަށް ގުޅުމަށް އެމްބަސީ އިން ވަނީ އެދިފައެވެ.

މިއީ ކޯވިޑަށް ފަހު ލަންކާގެ އިގުތިސާދު ދަށަށްގޮސް ދިމާވި ކަންކަމަށްފަހު އެ ގައުމުގައި ރައީސަކު ހޮވަން ވޯޓު ނެގި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން މިއަދު ހެނދުނު 7 އިން ހަވީރު 4 އަށް ވޯޓު ނެގުން ކުރިއަށް ގެންގޮސްފައިވާއިރު ވަގުތީ ނަތީޖާ އިއުލާނު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން