ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރި ކޮންޓްރޯލް ނުވެ ދަނީ ސިއްޙީ ޚިދްމައްތެރިންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ހަދާފައިވާ ޤަވާއިދުތައް ތަންފީޒު ނުވާތީ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބަލި ކޮންޓްރޯންނުވެ ބަލި ޖެހޭ މީހުންގެ ނިސްބަތް އެއްދުވަހުން އަނެއް ދުހަށް އުފެލުމުންދާތީ ކަންބޮޑުވުން ފާޅުކުރަށްވައި ރީކޯ މޫސަ ވިދާޅުވީ ސިއްހީ ހިދުމަތްތެރިން ބަލި ކޮންޓްރޯލް ކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް ފެނިގެންދަނީ އެބޭފުޅުން ރެއާއި ދުވާލު ކުރައްވަމުންދާ މަސައްކަތް ކާމިޔާބްނުވެ ތަންފީޒީ އިދާރާތައް ފެއިލްވަމުންދާ މަންޒަރުކަމަށެވެ.

"ކޮވިޑްފެށުނީއްސުރެ ސިއްޙީ ޚިދްމައްތެރިންނަށް އަބަދުވެސް ސާބަސްދޭ މީހެއް. އަޅުގަނގަނޑުމީ އެގޮތުގައަދިވެސް!! އެކަމަކު ސުވާލަކީ އެބޭފުޅުން ހަދާޤަވާއިދު އެބަތަންފީޛުވޭހޭ؟ ދިވެހިންގާތު ބުނިކަމެއް ވިއްޔާކުރޭ؟ފިލައިގެންއުޅޭ ބަންގާޅީންކެފޭއެއް ހުޅުވައިގެން ވެކްސިންވެސްދޭންވީ؟" މޫސަ ވިދާޅުވިއެވެ.

ތަންފީޒީ އިދަރާތަކުގެ ތެރެއިން މޫސަގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ އަބަދުވެސް އޭނާ ވަކާލާތު ކުރަމުންދާ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަޔަށެވެ. ލޯކަލް މާރުކޭޓް ސަރަހައްދުގައި ބިދޭސީން ދިވެހިންނަށްވުރެ ގަދަކޮށް ކުރަމުންދިޔަ ވިޔަފާރި ހުއްޓުވުމުން މިހާރު ފެންނަނީ މާލޭގެ ގެތަކުގައި ވިޔަފާރި ކުރާ މަންޒަރުކަމަށެވެ.

"ބަލި ފެތުރޭވަރަށް ފެތުރެނީ؟ ލޯކަލް މާރުކޭޓުން ބިދޭސީންނަށް ޖާގަނުލިބޭންފެށީމަ މާލޭގެ ގޭގޭ ގަ މިހާރު މާރުކޭޓުތަށް ހުޅުވައިގެން ބަންގާޅީން ކާބޯތަކެތި ވިއްކަނީ. ހުއްދައެއް، ސާފުތާހިރުކަމެއް، އެއްއްވެސް އުސޫލެއްނެތް؟ ކޮވިޑް ކޮންޓްރޯލް ނުވީމަ ނުވާވާހަކަދައްކާނީ." މޫސަ ވިދާޅުވިއެވެ.

ޤާނޫނާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަދިވެސް އެކަށީގެންވާ ފިޔަވަޅު ނާޅާކަށްބުނެ މޫސަ ވިދާޅުވީ މިމައްސަލަ ހައްލުނުވާހާ ހިނދަކު ރާއްޖޭގައި އެއްވެސް ކަމެއް ހައްލެއް ނުވާނެކަމަށެވެ.

"ސައްޙަ ވިސާއެއް ނެތި އާއްމުތަންތާނގައި ބިދޭސީންނަށް ނުއުޅެވޭނެކަން ދާދިފަހުންމިރާޖޭގެ ކޯޓަކުންކުރި ޙުކުމުން އެއޮތީ އެގެން. އެފަދަމީހުން ޤައުމަށްދެވެންދެން ތިބެންޖެހޭނީ އިދާރީ ބަންދެއްގަ ކަންވެސް އެނގޭ؟ ޤާނޫނުތަންފީޛު ކުރާބަޔަކު މިކަން ޤަބޫލުކޮށްގެން ހުއްޓުވޭނީ." މޫސަ ވިދާޅުވިއެވެ.

ކޯވިޑް-19އަށް މިމަހު ޕޮޒިޓިވްވާނެކަމަށް ސިއްޙީ މާހިރުން އަންދާޒާކުރި ޢަދަދަށްވުރެވެސް މައްޗަށް ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ އަރާފައެވެ. ކޯވިޑް-19އާއި ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ރާއްޖޭގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. ޖުލައި މަހުގެ 30ވަނަ ދުވަހު ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ޢާންމުކުރެއްވި ޕްރޮޖެކްޝަން ނުވަތަ އަންދާޒާތަކުގައިވަނީ މިހިނގާ އޯގަސްޓްމަހު ކޯވިޑަށް ޕޮޒިޓިވްވާނީ 2373 މީހުންކަމަށް ލަފާކޮށްފައެވެ. ނަމަވެސް މިމަހުގެ މިހާތަނަށް އެކަނިވެސް 2577 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ 1899 ދިވެހިންނާއި 678 ބިދޭސީންނެވެ.

މީގެ އިތުރުން ނިމިދިޔަ ޖުލައި މަހުވެސް ބަލިޖެހޭނެކަމަށް ޑރ.ޝީނާގެ އަންދާޒާތަކުން ދައްކަނީ، 997 މީހަކަށެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހު އެކަނިވެސް 1412 މީހަކަށް ބަލިޖެހިފައިވެއެވެ. އެއީ ދިވެހިންގެ 969 މީހަކާއި، ބިދޭސީންގެ 443 މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު


0

ލަތީފު

24-Aug-2020

ކިހެނެތް ކޮންޓޮރޯލް ކުރާނީ ބޭރުމީހުންގެ މައްސަލަ މޫސަމެން އެކި ނަން ނަމުގަ ފާޑު ފާޑު ގެ ކޮމްޕެނިތައް ހަދައިގެން ނުފޫޒު ގެ ބޭނުން ކޮއްގެން ބައިވަރު މަސައްކަތް ނާޖާއިޒު ގޮތުގަ ނަގައިގުން ބޭރު މީހުން އެއްވެސް ހުއްދައެއް ނެތް މީހުން މަގުމަތިން ނަގައިގެން ގެންގޮސް މަސައްކަތް ކުރަމުން ތިދަނީ އެއިން މީހަކައް މުސާރަ އެއް ނުދީ މަސައްކަތް ނިންމައި ލައިފަ މަގުމައްޗައް ދޫކޮއް ލީމަ ދެން ކިހެނެއް ހައްލު ކުރާނީ


2

ޒަރީރު

21-Aug-2020

ބަންގާޅީން ގެ ބަލާ ވަރަށް ބޮޑު މި މާލޭގާ ހުވާ ދިވެހިން ނަށް ވުރެން މާ ގަދަކޮށް އެއުޅެނީ


11

ހަސަނު

21-Aug-2020

ރަނގަޅު ވަހަަކަ އެއް މޫސާ މޫސަ ދާން ވީ ސަރުކާރަށް



ޓްރެންޑިން