ލުބުނާނުގެ ހިޒްބުالله ޖަމާއަތުން ނިރުބަވެރި އިސްރާއީލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ދާދިފަހުން ލުބުނާނަށް އިސްރާއީލުން ސިލްސިލާކޮށް ދިން ރޮކެޓް ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދުވުމާ ގުޅިގެން އޭގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށް ހިޒްބުالله ޖަމާއަތުން ބުނެފިއެވެ. އެ ޖަމާއަތުން ބުނީ މި ހަމަލާތައް ބޮޑަށް އަމާޒުކޮށްފައި ވަނީ ހައިފާގެ އިރުމަތީގައި އޮންނަ އިސްރާއީލުގެ ރަމަތު ދާވީދް ވައިގެ މަރުކަޒަށް ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ހުރިހާ ހިސާބެއްގައި ސައިރެން އަޅާފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓް ކުރެއެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށުނު ހަމަލާތަކަށް ފަހުން އިސްރާއީލުގެ އެތެރެއަށް ހިޒްބުالله އިން ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ލުބުނާނުން ފޮނުވި ރޮކެޓްތަކުގެ ތެރެއިން ގިނަ ރޮކެޓްތައް ގޮއްވާލާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު އިސްރާއީލު ސިފައިން ބުނެފައިވަނީ ހިޒްބުاللهގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކަށް އެތައް ސަތޭކަ ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން