އިންޓަރ-އޮފީސް ޓީޓީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓްތަކަށް އަމާޒުކޮށްގެން ބާއްވާ ޓީޓީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ނޮވެންބަރު މަހުގެ 4-10 އަށް ކަމަށެވެ.

9 ވަނަ "އިންޓަރ-އޮފީސް، ކޮމްޕެނީ އެންޑް ރިސޯޓް ޓޭބަލް ޓެނިސް ޓޯނަމަންޓް"ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން އެކުލެވޭ ގޮތަށްވެސް ބައިވެރި ވެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކާއި ކުންފުނިތަކާއި ރިސޯޓްތަކަށް ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7778722 އަދި 7779140 އިން ހޯދޭނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން