މިނިސްޓަރ އާދަމް ޝަރީފް (ވ) އަދި މުނާ (ކ)
މިނިސްޓަރ އާދަމް ޝަރީފް (ވ) އަދި މުނާ (ކ)
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޑރ. ފާޠިމަތު މުނާ އައްޔަންކޮށްފި އެވެ.

އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން މިއަދު މީސްމީޑިއާގައި ބުނެފައިވަނީ އެވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މުނާ އައްޔަންކުރަށްވާފައިވަނީ މިއަދު ހެނދުނު އެވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުޙައްމަދު ނާސިހް ބައިވެރިވެވަޑައިގެންނެވި ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.



މި ރަސްމިއްްޔާތުގައި މުނާ ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒުތަކާއި ވަޒީރުގެ ތަޞައްވަރު ޙާސިލުކުރުމަށްޓަކައި ދެއްވަންޖެހޭ އެއްބާރު ލެއްވުން ޤާނޫނާ ޤަވާއިދުގެ ތެރެއިން ފުރިހަމައަށް ދެއްވާނެ ކަމަށެވެ.

މުނާ މީގެކުރީން ހުންނެވީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއަކީ އިދާރީ ދާއިރާތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާ އެއް މިސްރާބު ކުރުމަށްޓަކައި ޤައުމީ އިދާރާތަކާއި ލޯކަލް ކައުންސިލްތަކާ ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުޢިއްޒު އުފައްދަވާފައިވާ ވުޒާރާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން