ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު ޗެއާމަން އަބްދުﷲ ޖާބިރު ފައްޓަވައިފި އެވެ.
މިދެ މައްސަލަގައިގެ ތެރެއިން ހޯމަ ދުވަހުގެ ޖަލްސާއަށް 10 މެމްބަރުންގެ ސޮޔާއިއެކު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޖާބިރު ވަނީ މަސައްކަތް ފަށާފައެވެ. ޝާހިދުގެ މައްސަލަ މަޖިލީހަށް ވައްދަނީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް ދަމަހައްޓާ، ރާއްޖެއަށް މަންފާ ހޯދާ ދިނުމަށް މިނިސްޓަރ ޝާހިދަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެެއެވެ.
ޖާބިރު ވިދާޅުވީ ވަރަށް ގިނަ ކަންކަމުގައި މިނިސްޓަރު ޝާހިދަށް އިތުބާރު ނުކުރައްވާ ކަމަށާއި އެގޮތުން މަލިކުގެ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރުމަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ، މަލިކަކީ އަދިވެސް ރާއްޖޭގެ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމުގައި ވެސް ވެފައި އޮތް ގޮތް ސާފު ނުވާ ކަމަށެވެ.
މީގެ އިތުރުން ހޯމް ދުވަހު ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ހުށަހަޅުއްވާނެކަން ޖާބިރުވަނީ ވިދާޅުވެފައެވެ. މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ މިނިސްޓްރީ ހިންގުމުގައި ބޮޑުތަނުން ފެއިލްވެ ޒިންމާ އަދާނުކުރެވޭތީކަމަށް ޖާބިރު ވިދާޅުވިއެވެ.
މިދެވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުގެ މައްސަލަ ޖާބިރު މަޖިލީހަށް ހުށައަޅުއްވަން ނިންމާފައި ވާއިރު އޭނާވަނީ ދާދިފަފުން ޕީޕީއެމް ޕީއެންސީއާއިއެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. އެހެންކަމަށް ވުމާއިއެކު މިމައްސަލަތައް މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް ޖާބިރަށް ވޯޓް ހަމަކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު