އިބްރާހިމް ފަހީމް   22 ސެޕްޓެމްބަރު 2024 - 20:48
ރާއްޖޭގެ ބޮޑުބަޔަކަށް މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެ އިދާރާއިން މިރޭ ބުނީ، އުތުރުގެ އަތޮޅުތަކަށް މިރޭ ކެރީގެ އަސަރު ކުރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި ދެކުނުގެ ރަށްތަކަށް ވެސް ވިއްސާރަވެ ގަޑިއަކު 8 މޭލާއި 18 މޭލާދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ.

އޭގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިރޭ ކަނޑު ގަދަ ވާނެކަމަށާއި އެގޮތުން މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ބާނި ބޮޑުވާނެކަމަށާއި އެ ހިސާބުގައި ރާޅުގެ އުސްމިން އުޅޭނީ 4 ފުޓާއި 7 ފޫޓާއި ދެމެދުގައި ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން