އދ.ގައި ރާއްޖެއިން މިހާރަށްވުރެ ހަރުދަނާ ދައުރެއް އަދާކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އދ.ގެ ސެކްރރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް އާ ބައްދަލު ކުރައްވައި ދެެއްކެވި ވާހަކަފުޅުގައެެވެ.



އެ ބައްދަލު ކުރެއްވުމުގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އދ.ގައި މިހާރަށްވުރެ ހަރުދަނާ ދައުރެއް އަދާ ކުރަން ރަމާއްޖެއިން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެެ. އަދި ހާއްސަ ގޮތެއްގައި ކުދި ޖަޒީރާ ގައުމުތަކާއި ގުޅޭ މައްސަލަތަކުގައި އިސް ދައުރެއް އަދާ ކުރަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ސެކްރެޓަރީ ޖެނެރަލާ ހިއްސާ ކުރައްވާފައެވެ. އަދި ދަރަނި އާއި މާލީ ހާލަތު ދެމެހެއްޓެނިވި ފެންވަރަކަށް ގެނައުމަށް މާލީ އިސްލާހުގެ އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މި މަސައްކަތުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ޕާޓްނަރުންގެ އެއްބާރުލުން ދިނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ގުޓެރެސް ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި އެހީތެރިވެދިނުމަށް ވައުދުވެވަޑައިގެންފައެވެ.

މިއީ ރައީސް މުއިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެެވެ. ރައީސް މިރޭ ވަނީ ޕެލެނަރީ ސަމިޓް އޮފް ދަ ފިއުޗާގައި ތަގުރީރް ކުރައްވާފަައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން