މަޖިލީހުން ވޯޓެއް ނަގައިގެން ރާއްޖޭގައި ވެރިކަން ކުރަމުންދާ ނިޒާމު ބަދަލު ކުރުމުގެ ވިސްނުމަކީ ގޯސް ވިސްނުމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޖާބިރު އިސްވެ ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރައްވަން އުޅުއްވާކަމަށްބުނެ ފެތުރެމުންދާ ޚަބަރާއި ގުޅިގެން ޝަރީފް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުވާނެ ގޮތް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާކަމަށެވެ. އެއީ މަޖިލީހުން ވޯޓެއް ނަގައިގެން ބަދަލުކުރެވޭނެ ނިޒާމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވެރިކަމުގެ ނިޒާމަކީ މަޖިލިސް އިން ނެގޭ ވޯޓަކުން އެކަނި ނިންމޭނެ ކަމެއްނޫން. އެކަން ނިންމޭނީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. ބައެއް މެމްބަރުންނަށް އޮޅުން އަރަނީ." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، އެ މައްސަލަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ.

ދިވެހި ދައުލަތް ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާގުޅޭ ހުރިހާ ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ އެ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ކުރައްވާ މަސައްކަތެއް ކަމަށެވެ.

ޖާބިރު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ގޮތެއް ނިންމަން ޖެހެނީ ވަކި ލީޑަރަކަށް، އަދި މީހަކަށްޓަކައި ނޫން ކަމަށާއި އެ ނިންމުން އަންނަން ޖެހެނީ ރާއްޖެއަށްޓަކައި ދިވެހިންގެ ތަރައްގީ އާއި ރާއްޖެއިން ގެއްލިފައިވާ އިޖުތިމާއީ އަދާލަތަށްޓަކައި ކަމަށެވެ. އަދި ކުރިން ރައްޔިތުން ރިޔާސީ ނިޒާމަކަށް ވޯޓްދިން ނަމަވެސް މިފަހަރު ވޯޓް ދޭނީ ބަރުލަމާނީ ނިޒާމަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ވިސްނަވާކަށް ވަގުތެއް ނެތް ކަމަށާއި ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ވެރިކަން ހިންގާ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ބަދަލުވާން ވެއްޖެ ކަމަށް އަޑު އުފުލަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ބައެއް މެމްބަރުންނެވެ. ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު


14

މަސީހު

22-Aug-2020

އަޅެ އާދޭސް ކޮށްފަ ބުނަނަން ބަނގުރަލަށް ދެވިހިފަފައިވާ ޖަބޭ މެންކަހަލަ ބީތާ އިން މަޖިލިސް ވަކި ކުރާނެ ގާނޫނެއް ހަދަން އުޅެބަލަ ޝަރީފޫ ޖާބިރު އަކީ މި ގައުމަށް ލައިގެންފައިވާ ބޮޑު މުސީބާތެއް ކޮވިޑަށް ވުރެން ބޮޑު ބައްޔެއް ޖާބިރަކީ


-18

ގައްސާނު

22-Aug-2020

ޖާބިރު އަކި ބުރާންޗެއް ހަމަ މީހެއް ނުން ސަރިފު



ޓްރެންޑިން