އައްޑޫސިޓީ މަރަދޫ އެތުމާގޭގައި ހުރި ގުދަނަކާއި އެގުދަނާއި އިންވެގެން ހުރި ހަޓެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު އައްޑޫ ސިޓީގައި ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑިފައި ވަނިކޮށް މިއަދު ފަތިހު 05:30 ހާއިރު ކަރަންޓު އައި ވަގުތު ކަމަށް އެސަރަހައްދުން މައުލޫމާތު ލިބެއެވެ.

އަވަށްޓެރިންނާއި ފަޔަރ އެންޑް ރެސްކިއު އަދި ފުުލުހުންގެ ގުޅިގެން އަލިފާންގަނޑު ނިއްވާލެވުނު އިރު އެތަންވަނީ އެކީ އަނދައިހުލިވެފައެވެ.

އެތުމާގޭގައި ހުރި ގާޑިޔާ ވިޔަފާރި ހިންގާ ހަޓާއި ގުދަން އަނދާހުލިވިއިރު، އެތަނުގައި ދެ ލައްކަ ރުފިޔާގެ މުދާ ހުރި ކަމަށް ގޭގެ ވެރިފަރާތުން ރަސް އަށް މައުލޫމާތުދެއެވެ.

ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެތަނުގައި ރޯވި އަލިފާންގަނޑާއެކު އެތަނާ އިންވެގެން ހުރި ގެއަށްވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ.

މީގެ އިރުކޮޅެއް ކުރިން ފުލުހުންވެސް ވަނީ ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު ވެރިފާތުން އޮޅުފިލުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން