ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު މަސައްކަތް ފެއްޓެވުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިނިސްޓަރ ޝާހިދަށް މަޖިލީހުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ޖާބިރު މަސައްކަތް ކުރައްވަމުންދަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާކަމަށާ، އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހިވަޑައިގަންނަވާނެކަމަށް ވިދާޅުވެއެވެ. އަދި ޤައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި މިސަރުކާރު ފެއިލްވެފައިވާކަމަށާ، އެކަން އެގޮތަށްވެގެން ދިޔައީ މިނިސްޓަރ ޝާހިދުގެ ސަބަބުން ކަމަށް ޖާބިރު ތުހުމަތުކުރައްވައެވެ.
ޖާބިރު ވިދާޅުވީ މި ސަރުކާރުގައި އޭނާގެ އިތުބާރު އޮތް އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ހުށައަޅާނެ ކަމަށެވެ.
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ ޚާރިޖީ ދާއިރާއިން ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. އޭނާ މިސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ޙަވާލުވެވަޑައިގެންފަހުން ރާއްޖެއިން ބޭރުގެ އެތައް ޤައުމަކާ މުޅިން އަލަށް ރާއްޖެއާ ގުޅުން ބަދަހިކުރައްވައި އެޤައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ހޯއްދަވައިދެއްވާފައިވެއެވެ.
ނމަވެސް މިހާރުގެ ޚާރިޖީ ސިޔާސަތުގައި މާ ބޮޑަށް އިންޑިއާ ކޮޅަށް ބުރަވެ އިންޑިއާގެ ދަށުވެ މިނިވަން ކަމަށް ބުރޫއަރާވަރަށް އެގުޅުން ގޮސްފައވާ ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު