ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖެ އާއި ސަޢުދީގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ ސަޢުދީ ޢަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދު އާއި ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އާއި އެޤައުމުގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ މެސެޖުގައި ވިދާޅުވީ ދިވެހިރާއްޖެ އާއި ސަޢުދީ އަރަބިއްޔާގެ ގުޅުން ބިނާވެފައިވަނީ ޒަމާންވީ ރަޙުމަތްތެރިކަމާއި އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް އެގުޅުން އިތުރަށް ބަދަހިވަމުން ދާނޭ ކަމަށް ޔަޤީން ކުރަށްވާ ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.



ރައީސް ޑރ. މުޢިއްޒު ސަޢުދީގެ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާއިރު ސަޢުދީގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވަނީ ސަޢުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށް ޝުކުރު އަދާކުރަށްވާފައެވެ.

އޭގެ އިތުރުން އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި، ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ސަޢުދީ ސަފީރު މަޠްރިކް ޢަބްދުލް އަޖަލައިން އަލްދޮސާރީ އާއި ސަޢުދީ އެމްބަސީގެ ޓީމުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 17 މާރިޗު 1981 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން