ތިނަދޫ ސިޓީން ދޫކުރުމަށް އިއުލާންކޮށްފައިވާ 200 ކޮންޑިޝަނަލް ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ބުނީ އެ ރަށުން ދޫކުރުމަށް ހަމަޖެހިފައިވާ 200 ކޮންޑިޝަނަލް ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ގޮތުން އުސޫލާ އެއްގޮތަށް ޕޮއިންޓު ލިބުނު ތަރުތީބުން ގޯތި ހަމަޖެއްސުމަށްފަހު، ކެޓަގަރީ އޭ އަށް ކަނޑައެޅިފައިވާ 120 ގޯތީގެ ތެރެއިން 78 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކާއި، ކެޓަގަރީ ބީއަށް ކަނޑައެޅިފައިވާ ގޯތީގެ ތެރެއިން 48 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް ގޯތި ލިބުނުކަން ޔަޤީންވެފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ކެޓަގަރީ އޭ އިން 77 ޕޮއިންޓު ލިބުނު ފަރާތްތަކާއި އަދި ބީ ކެޓަގަރީއިން 47 ޕޮއިންޓު ލިބުނު ފަރާތްތަކުގެ މެދުގައި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި ގުރުއަތުލާން ނިންމާފައިވާ ކަމަށެވެ.

މި ގުރުއަތުލުން އޮންނާނީ 29 ސެޕްޓެމްބަރު 2024 ވާ އާދީއްތަ ދުވަހު މެންދުރުފަހު 14:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ހަމަ އެ ދުވަހު އެ ގަޑީގައި ކެޓަގަރީ އޭ، ކެޓަގަރީ ބީ އަދި ކެޓަގަރީ ސީއިން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތީގެ ލޮކޭޝަންތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުންވެސް އޮންނާނެ ކަމަށް ކައުންސިލުގެ އިއުލާންގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން