ދިވެހިރާއްޖެއާއި ސްރީ ލަންކާއާ ދެމެދު އޮތް ތާރީޚީ ގާތް ގުޅުން ދަމަހައްޓަން އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ މިއަދު ދެއްވައިފިއެވެ.

ދިސާނަޔަކަ މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވި ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

ދިސާނަޔަކަ އަށް މަރުހަބާ ވިދާޅުވެ ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާތް އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން ލަންކާއާއެކު މަސައްކަތްކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން ބޭނުންފުޅުވާ ކަމަށެވެ. އަދި ދިސާނަޔަކައަށް އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރައްވައި، ރައީސް ވަނީ ސްރީލަންކާގެ ދިސާނަޔަކަގެ ކުރިއަށް އޮތް ރިޔާސީ ދައުރުގައި، އެމަނިކުފާނަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.



ދިސާނަޔަކަ އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ދިސާނަޔަކަ ވިދާޅުވިއެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނެޝަނަލް ޕީޕަލްސް ޕާޓީ (އެންޕީޕީ) އެލަޔަންސްގެ ކެންޑިޑޭޓް ދިސާނަޔަކަ މިއަދު ވަނީ ލަންކާގެ ރައީސް ކަމުގެ ހުވާ ކުރައްވައި މަގާމާއި ހަވާލުވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން