މިދިޔަ އޮގަސްޓް މަހު އެކަނިވެސް މާލޭގައި 148 ވަރި، އަދި 186 ކައިވެނި ކުރެވިފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު، ވަރިއާ ގުޅޭ އިތުރު 126 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ. އަދި ނިމިދިޔަ މަހުގެ ބާކީގެ ގޮތުގައި ވަރީގެ 168 މައްސަައެއް އެބައޮތެވެ.

މިދިޔަ މަހު ކޯޓަށް ވަރި ކުރަން 148 މައްސަލައެއް ހުށަހެޅިއިރު، ޖުމްލަ 188 މައްސަލައެއް ވަނީ ނިންމާފަ އެވެ. އަދި ނިމިދިޔަ މަހުގެ ބާކީހުރި މައްސަލަތަކާއެކު 126 މައްސަލައެއް ކޯޓުން ބަލަމުން ދެއެވެ.

ފެމިލީ ކޯޓަށް ފާއިތުވި މަހު ހުށައެޅުނު އާއިލާއާގުޅޭ އިތުރު މައްސަލަ ތަކުގެ ތެރެއިން އެ ކޯޓަށް ވަނީ ގެވެށި އަނިޔާއާ ގުޅިގެން ނުވަ މައްސަލައެއް ހުށައަޅާފައެވެ. އަދި ރައްކާތެރިކަމުގެ އަމުރުގެ ފަސް މައްސަލަ ވަނީ ހުށައަޅާފައެވެ.

ދިޕވެހިރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާނަމަ ވަރީގެ މައްސަލަތައް އެންމެ ގިނަ ގައުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން