ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއާ ދެކޮޅަށް ކުރިން ވާހަކަދެއްކެވީ އިންތިހާބު ކާމިޔާބުކުރައްވަން ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގް ވިދާޅުވެއްޖެ އެވެ،

އިންޑިއާގެ ނޫހެއް ކަމަށްވާ "ފަސްޓް ޕޯސްޓް"އަށް ރަނިލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ރައީސް މުއިއްޒު ކުރިން ވާހަކަ ދެއްކެވި އިރު އެހާ ބޮޑަށް އެގޮތަށް އެކަން ނުކުރެއްވުމަށް ރައީސް މުއިއްޒަށް ދެންނެވި ކަމަށެވެ.

އަދި ރައީސް މުއިއްޒު ރަނިލްގެ ލަފާ ފުޅު ސީރިއަސްކޮށް ނެންގެވިތޯ އެއްސެވުމުން ރަނިލް ވިދާޅުވީ މިހާރު ގައިމުވެސް ރައީސް މުއިއްޒު އިންޑިއާއާ މާބޮޑަށް ވެސް ރަހުމަތްތެރި ކަމަށެވެ.

އެގޮތުން މޯދީ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވަން ވަޑައިގެންނެވި ރަސްމިއްޔާތުން ވެސް މޯދީއާއި ރައީސް މުއިއްޒުގެ "ކެމިސްޓްރީ" ވަރަށް ކައިރިން ފެނިވަޑައިގަތް ކަމަށް ރަނިލް ވިދާޅުވި އެވެ.

ރަނިލް އިތުރަށް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް އިންޑިއާއާ ދެކޮޅު ވައުދުތަކެއް ވާން ޖެހިވަޑައިގެންނެވިކަމަށް އިންތިހާބު ނިމުނު ފަހުން ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައި ދުވަސް ވަރު އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުންތައް ވަރަށް ރަނގަޅުވެފަ އެވެ. އަދި އިންޑިއާއިން ވަނީ ރާއްޖެއިން ދައްކަން ޖެހޭ ލޯނުތައް ވެސް ފަސްކޮށްދީފަ އެވެ. އަދި ރައީސް މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވެސް މިހާރު ވަނީ ނިންމަވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން