އދ.ގެ ސަމިޓް އޮފް ދަ ފިއުޗާގެ އިންޓެރެކްޓިވް ޑައިލޮގްގައި ބައިވެރިވާން ރާއްޖެއަށް ލިބުނު ފުރުސަތަކީ، ޑިޖިޓަލައިޒޭޝަން ކުރިއެރުވުމަށް ލިބުނު ފުރުސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އދ.ގެ ސަމިޓް އޮފް ދަ ފިއުޗާގެ އިންޓެރެކްޓިވް ޑައިލޮގްގެ ކޯ-ޗެއާކަން ކުރެއްވުމަށް ފަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ކޯ-ޗެއާކަން ކުރެއްވީ "ޓުވާޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗާ"ގެ ނަމުގައި ކުރިއަށް ދިޔަ މުހިންމު ޑައިލޮގެއް ކަމަށެވެ.



އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ފަރާތުން އެހާ މުހިންމު ސެޝަނެއްގައި ކޯ-ޗެއާކަން ކުރަން ލިބުމަކީ ރާއްޖޭގައި ކުރިއަށްގެންދަން ބޭނުންފުޅުވާ ޑިޖިޓަލް އިކޮނޮމީ ކުރިއަށް ގެންގޮސް ޑިޖިޓަލައިޒޭޝަން ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގައި ޒުވާނުންނަށާއި އެކި ފަރާތްތަކަށް ޑިޖިޓަލައިޒޭޝަން ފުޅާކުރުމަށް ޓަކައި ބޭނުންވާ ކަންކަމުގައި އެހީތެރިކަން ހޯދުމަށް ވެސް ފުރުސަތު ލިބުނުކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ހަމައެއާއެކު އެއީ މުހިންމު އެކި ފަރާތްތަކާއެކު ގާތް ގުޅުމެއް އުފައްދަން ލިބުނު ފުރުސަތެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"މިއީ ރާއްޖޭގެ ނަން އިންޓަނޭޝަނަލް ކޮމިއުނިޓީގަ ފާހަގަވެގެން ދާން ލިބުނު ފުރުސަތެއް. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސާއެކު ޑައިލޮގްގައި ކޯޗެއާކަން ކުރެއްވީ އެސްޓޯނިއާގެ ރައީސް އަލަރް ކާރިސްއެވެ. ގާތްގަނޑަކަށް 190 އެއްހާ ގައުމުން އެ ޑައިލޮގްގައި ބައިވެރިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން