އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު
ޕީއެންސީއަށް ވަކި އަދަދަކަށް މެންބަރުން ހަމަކުރުމަށް ވަޒީރުންނަށް އަންގާފައިވާ ކަމަށް ބުނެ ދައުރުވަމުންދަނީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީ ގަތުމެއްގައި ފަލާޙް ވިދާޅުވީ ޕީއެންސީއަށް 500 މެމްބަރުން ހަމަކުރުމަށް ކޮންމެ ވަޒީރު ބޭފުޅަކަށް އަންގާފައިވާކަމަށް ބުނެ ދައްކަމުންދަނީ ސައްހަ ވާހަކަތަކެއް ނޫންކަމަށެވެ.

ހަމައެއާއެކު ފަލާޙް ވިދާޅުވެފައިވަނީ ޕާޓީގެ މެމްބަރޝިޕް ޑްރައިވެއް ކުރިއަށް ގެންދާއިރު ޕާޓީގެ މެންބަރުންގެ ޙައިސިއްޔަތުން ވަޒީރުންނާއި މަޖިލީހުގެ މެންބަރުންވެސް އެކަމުގައި ޝާމިލުވާނެ ކަމަށެވެ.

ފަލާޙް މިހެން ވިދާޅުވެފައިވާއިރު ޕީއެންސީން މިހާރު ތައްޔާރުވަމުންދަނީ ރާއްޖޭގައި މިހާތަނަށް ބޭއްވޭނެ ޕާޓީއެއްގެ އެންމެ ބޮޑު އެތެރޭގެ އިންތިޚާބަށެވެ. އެގޮތުން، މި އިންތިޚާބުގައި އެޕާޓީގެ އެކި މަޤާމުތަކަށް 2095 މެމްބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން އިންތިޚާބު ކުރާނެކަމަށް ޕީއެންސީން ވަނީ ހާމަކޮށްފައެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ މުހުލަތަކީ 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 19 ވާ ހޮނިހިރު ދުވަހު އެވެ.

އެހެންކަމުން ޕީއެންސީން މިހާރު ކުރަމުންދަނީ ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން