ރާއްޖެއިން މިއަދު ގިނަ އަދަދެއްގެ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ، ހާލަތު ގޯހުން ގޯހަށް ދާކަމުގެ މަންޒަރު ފެންނަން ފަށައިފިއެވެ.
އެޗްޕީއޭއިން ބުނީ، އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އާއި ހަމަޔަށް 194 މީހަކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެއާއެކު ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6564 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 167 ދުވަސް ވެފައިވާއިރު ފުރަބަންދަށް ލުއިދިންފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރެއިން 191 މީހަކު ޕޮޒިޓިވް ވެފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 167 ދިވެހިންނާއި ބަންގްލަދޭޝްގެ 16 މީހަކާއި އިންޑިއާގެ 7 މީހުންނާއި ސްރީލަންކާގެ މީހަކާއި، ނޭޕާލްގެ މީހަކާއި، ތައިލެންޑު މީހެއްގެ އިތުރުން އިޓަލީ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6564 އަށް އިތުރުވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 97 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 4012 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކޯވިޑް-19އަށް މިމަހު ޕޮޒިޓިވްވާނެކަމަށް ސިއްޙީ މާހިރުން އަންދާޒާކުރި ޢަދަދަށްވުރެވެސް މައްޗަށް ބަލި ޖެހުނު މީހުންގެ ޢަދަދު މިވަނީ އަރައިފައެވެ. މިފަހަކަށް އައިސް ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުޅެނީ ސަތޭކައިން މަތީގެ ޢަދަދުތަކުގައެވެ. އޭގެތެރެއިންވެސް ބަލިޖެހޭ ދިވެހިންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިދިޔަ މާޗް މަހު ރާއްޖެއިން ކޮވިޑު ފެނުނު ފަހުން ނަގާފައިވާ ސާމްޕަލްތަކުގެ އަދަދު ވެސް މިއަދު މި ވަނީ އެއް ލައްކައަށް ވުރެ ގިނަ ވެފަ އެވެ. މީގެ ތެރޭގައި އެކަކުގެ ފަރާތުން ތަކުރާރުކޮށް ނަގާފައިވާ ސާމްޕަލް ހިމެނެ އެވެ. ގިނަ އަދަދެއްގެ ސާމްޕަލްތައް އެޗްޕީއޭއިން ނަގަމުންދާއިރު ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާޔަށް ގިނަވެ ކަންބޮޑުވާ ދަރަޖައަށް ބަލީގެ ހާލަތުވަނީ ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު