ސްރީ ލަންކާގެ އާ ބޮޑުވަޒީރަކަށް އައްޔަންކޮށްފައިވާ ޑރ. ހަރިނީ އަމަރަސޫރިޔާ އަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެެވެ.

ގާނޫނު ހަދާ މަޖިލީހުގެ ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) ޕާޓީގެ މެންބަރެއް ކަަމަށްވާ ޑރ. ހަރިނީ އަމަރަސުރިޔާ މިއަދު ވަނީ ލަންކާގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންފައެވެ. ތައުލީމީ އަދި އިޖުތިމާއީ ދާއިރާ އާއި އަދުލުއިންސާފުގެ ދާއިރާއިން ފާހަގޮށްލެވޭ ޑރ. ހަރިނީ އަކީ އެ ގައުމުގެ ތިން ވަނަ އަންހެން ބޮޑުވަޒީރެވެ. ލަންކާގެ 16 ވަނަ ބޮޑުވަޒީރު ޑރ. ހަރިނީ އަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމަނާ އަށް ވަރަށް ހޫނު މަރުހަބާ ވިދާޅުވެފައެވެ.



ރައީސް މުޢިއްޒު ވިދާޅުވީ ޑރ. ހަރިނީގެ ލީޑަރޝިޕްގެ ދަށުން ލަންކާ އަށް އިތުރު ތަރައްޤީ އާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެކަމަނާގެ ޒަޢާމަތުގައި ރާއްޖެ އާއެކު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ލަންކާގެ ބޮޑުވަޒީރު ކަމަށް ޑރ. ހަރިނީ އައްޔަންކުރަށްވާފައިވާއިރު މިއަދު ވަނީ ލަންކާގެ ވަޒީރުންގެ މަޖިލީހަށްވެސް ބޭފުޅުން އައްޔަން ކުރައްވާފައެވެެ. ލަންކާގެ ރައީސާއި ބޮޑުވަޒީރާއެކު ކެބިނެޓްގައި ހިމެނެނީ ޖުމްލަ ތިން ވަޒީރުންނެވެ.

ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި އަނޫރާ ކުމާރަ ދިސާނާޔަކަ ރައީސް ކަމުގެ ހުވާކުރެއްވީ އިއްޔެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން