ރާއްޖެއިން ތައްޔާރުވަމުންދަނީ އިޤްތިޞާދީ ބޮޑު ބަދަލަކާއި ދިމާލަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެެވެ.

އދ.ގެ އާންމު މަޖިލީހުގައި މިރޭ ތަގްރީރު ކުރަށްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެ މިއަދު ތައްޔާރުވަމުންދަނީ އިޤްތިޞާދީ ބޮޑު ބަދަލަކާއި ދިމާލަށް ކަމަށެވެ. ރައީސް ވިދާޅުވީ އެކަމަށްޓަކައި ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކުން ނެރެން ބޭނުންވާ ނަތީޖާ ނެރުމަށް ބައިނަލް އަޤުއާމީ މާލީ އެހީތެރިކަން ދިވެހިރާއްޖެއަށް ބޭނުންވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ތަރައްޤީގެ ޒިންމާ އަމިއްލައަށް ނަގާގައުމެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ދުނިޔޭގެ ގައުމުތަކުން ލިބެމުންދާކަމަށް ރައީސް މުޢިއްޒު ފާހަަގަކުރެއްވިއެވެ. ރައީސް މުޢިއްޒު ވަނީ ރާއްޖޭގެ ހުރި ނާޒުކުކަމަކީ ތަރައްޤީއަށް ހުރި ގޮންޖެހުންތަކެއް ކަމުގައި ނުދުށުމަށް ބައިނަލްއަޤުއާމީ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މީގެއިތުރުން ރާއްޖެ އަކީ ހަމައެކަނި އެހީ ލިބޭ ގައުމެއްގެ ގޮތުގައި ނުދެކުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ކިބައިން ރައީސް މުޢިއްޒު ވަނީ އެދިވަޑައިގެންފައެވެ. ރައީސް ވިދާޅުވީ ލޯނުގެ އިންޓްރަސްޓް ކުޑަކޮށް އަދި ގައުމުތަކަށް މާލީ އެހީ ދިނުމުގައި ގެންގުޅޭ އުސޫލުތައް ލުއިކޮށް، އެކަމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މާލީ ނިޒާމަކީ އަދަބު ކަނޑައަޅާ ނިޒާމެއް ކަމުގައި ނުހަދައި، އެއީ ގައުމުތަކަށް ޚިދުމަތްކުރާ ނިޒާމަކަށް ހެދުމަށް ވެސް ރައީސް މުޢިއްޒު ގޮވާލެއްވިއެވެ.

"މާލީ އެހީ ދިނުމުގައި ގެންގުޅޭ ހަރުކަށި އުސޫލުތައް ދޫކޮށްލައި، ގެންނަންޖެހޭ ބަދަލުތަކަށް ފަހިކޮށް، މާލީ އެހީ ދިނުމުގައި، ވަކި ކަންކަމަށް ޚާއްޞަ، އަތްފޯރާފަށުގެ އުސޫލުތައް އިސްކޮށް، ޒިންމާދާރުކަން އިތުރުކުރުމަށް އަޅުގަނޑު ގޮވާލަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން