ޒަކާތު ފަންޑުންދޭ ސްކޮލަޝިޕަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ ޒަކާތު ފަންޑުންދޭ ސްކޮލަޝިޕަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި، އެ ފުރުސަތު ހުޅުވާލަނީ ބޭރުގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ ތަފާތު އެކި ސަބަބުތަކާއި ހެދި ސްކޮލަޝިޕަށް ކުރިމަތިނުލެވޭ ދަރިވަރުންނަށް ކަމަށެވެ.
ޒަކާތު ފަންޑުގެ ސްކޮލަޝިޕްގެ ދަށުން މިހާރު 30 ދަރިވަރަކު ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ދީފައިވާ ކަމަށް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު ވިދާޅުވިއެވެ.
"އޭގެތެރެއިން 22 ކުދިން އެބަކިޔަވާ ބޭރު ގައުމުތަކުގައި އަޅުގަނޑުމެންނަށް އެ މަސައްކަތް ކުރިއަށް އެބަގެންދެވޭ، އިރާދަކުރެއްވިޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އެބަ ހުޅުވާލަން ޒަކާތުގެ ސޮކްލަޝިޕް ހުށައެޅުމުގެ ފުރުސަތު މިއަހަރު ބޭރުގައި ކިޔަވަން ތިބި ކުދިންނަށް, މި ފުރުސަތު ހުޅުވާލަން މި މަސައްކަތްކުރަނީ އެބޭފުޅުންނަށް ދިމާވެފައިވާ އެކިކަންތައްތަކަށް ރިއާޔަތްކޮށް ޒަކާތުގެ ސޮކްލަޝިޕްގެ ފުރުސަތު އޮންނާނެ. ކުރިއަށް އޮތްތާގައި ފުލް ސޮކްލަޝިޕަށް އަޅުގަނޑުމެން ހުޅުވާލާނަން." މިނިސްޓަރު ޑރ.ޒާހިރު ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޒަކާތު ފަންޑުން 5.5 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ޒަކާތު ފަންޑުން ގެންދަނީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ހާލުގައިޖެހޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކިޔެވުމުގެ ފުރުޞަތު ދިނުމުގެ އިތުރުން ބޭސްފަރުވާއަށްވެސް އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މިގޮތުން ވޭތުވެދިޔަ އަހަރު ބޭސްފަރުވާއަށް 16 މިލިއަން ރުފިޔާ ވަނީ ފަންޑުން ޚަރަދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު