ސަރުކާރުން ކުރަންވީ ކަމަކީ ޚަރަދުކުޑަކޮށް ސިޔާސީ މަގާމުތައް މަދުކުރުން ކަމަށާއި އޭރުން ދަރަނި ދެއްކޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ދައުލަތުން ކުރަމުންދާ ބޭކާރު ޚަރަދުތަށމއް ވަރަށް ބޮޑުކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތައް އިންތިހާއަށް ގިނަ ކަމަށާއި އެ ފަރާތްތަކުގެ މުސާރައަށް ދައުލަތުން ބޮޑު ހޭދައެއް ކުރަމުންދާކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތުން ކުރާ ޚަރަދުތައް ކުޑަކޮށް ސިޔާސީ މަގާމުތައް މަދުކޮށްފިނަމަ އަހަރަކު 50 މިލިއަން ޑޮލަރު ހަމައެކަނި މުސާރައިން ސަލާމަތްކުރެވޭނެ ކަމަށެވެ. އުމަރު ވިދާޅުވީ ޚަރަދުތައް ކުޑަކޮށްގެން ސަލާމާތް ކުރެވޭ ފައިސާ އިން ދަރަނިތައް އަދާކުރެވޭނެ ކަމަށެވެ. އޭރުން ދަރަނި ނުދެއްކިގެން އެއްވެސް ގައުމެއްގެ ފައިބުޑަށް ސަރުކާރުން ވެއްޓެން ނުޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

"މިވަރަށް ޚަރަދު ބޮޑުކޮށްގެން ސިޔާސީ މީހުންނަށް ވަޒީފާދީގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފޮނުވާ ލިސްޓުގެ ހުރިހާ މީހުންނަށް ވަޒީފާދީގެން އެތައް ހާސް ބަޔަކަށް ސިޔާސީ ވަޒީފާ ދީގެން ހިންގާއިރު ޚަރަދު ކުޑައެއް ނުވާނެ، ދެން ދަށުވާނެ ހުރިހާ އެންމެންގެ ވެސް، އިންޑިޔާގެ ވެސް ދަށުވާނެ ވިޔަފާރިވެރިންގެ ދަށުވާނެ، އެެހެންވީމަ މި ސަރުކާރުން ކުރަންވީ ކަމަކީ ޚަރަދު ކުޑަކުރުން، ޚަރަދުކުޑަކޮށް ސިޔާސީ މަގާމުތައް މަދުކޮށްފިއްޔާ މިހާރު ވެސް ފަސޭހައިން އަހަރަކު 50 މިލިއަން ޑޮލަރު މުސާރަ އިން ސަލާމަތްކުރެވޭނެ، އެ ދަރަނި ރަނގަޅު އެވަރު." އުމަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން