ރާއްޖޭގެ ރިސޯޓްތަކުން ދިވެހި ބޭންކްތަކަށް ޑޮލަރު ޖަމާ ކުރާ އަދަދު ދަށަށް ދާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު ޖަމާ ކުރާ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަށަށް ދާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ރިސޯޓްތަކުން ދިވެހި ބޭންކްތަކަށް ޖަމާކޮށްފައި ވަނީ ލިބުނު އާމްދަނީގެ 74 އިންސައްތަ ނުވަތަ 2.5 ބިލިއަން ޑޮލަރެެވެ. އެހެން ނަމަވެސް އެ އަދަދު 2023ގައި ވަނީ ދަށްވެފައެވެ. މިގޮތުން އެ އަހަރު ޖަމާކޮށްފައި ވަނީ ލިބުނު އާމްދަނީގެ 52 އިންސައްތަ ނުވަތަ 2.3 ބިލިއަން ޑޮލަރެވެ.

ބޭންކްތަކަށް ރިސޯޓްތަކުން ޑޮލަރު ވިއްކި އަދަދުވެސް ދަށްވެފައިވާ ކަަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

2019 ގައި 152.2 މިލިއަން ޑޮލަރު ބޭންކްތަކަށް ވިއްކިއިރު އެއީ ބޭންކްތަކަށް ޖަމާކުރި އަދަދުގެ 6 އިންސައްތަ އެވެ. އެ އަދަދު 2023 ގައި ވަނީ 68 މިލިއަން ޑޮލަރު ނުވަތަ 3 އިންސައްތަ އަށް ވެއްޓިފައެވެ.

ރިސޯޓްތަކުން ބޭންކްތަކަށް ޑޮލަރު ޖަމާ ކުރާ އަދަދު ދަށަށް ދާއިރު އެމްއެމްއޭއިން ވަނީ ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރުފައިސާ އިތުރުކުރެވޭނެ ގޮތަށް މަނިޓަރީ ގަވައިދު އިސްލާހުކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން