ސެޓެލައިޓް މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ހާއްސަ ނިޒާމެއް ޤާއިމުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު ޣައްސާން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަގެއް ކަމަށާއި ކަނޑުގެ ސަރަހައްދު ސެޓެލައިޓް މެދުވެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ކައިރި މުސްތަޤުބަލެއްގައި ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޣައްސާން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރު ވެސް ވައިގެ މަގުން ޑްރޯން ބޭނުންކޮށްގެން ބަލަހައްޓަމުން ގެންދާ ކަމަށާއި އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި ސެޓެލައިޓް މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރާނެ ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މި ބަލަނީ، އަޅުގަނޑުމެންގެ މެރިޓައިމް ޑޮމެއިން ނުވަތަ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަޤުބަލެއްގައި، އިރާދަކުރެއްވިއްޔާ ސެޓެލައިޓް މެދުވެރިކޮށް ވެސް ބެލޭނެ ނިޒާމެއް ޤާއިމްކުރަން." ޣައްސާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން