ކުކުޅު ކޭހެއްގެ ވެރިއަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި މިއަދު ބުނީ ހުޅުމާލެ ފޭސް އެކަކުން އަލިނަރު ކެފޭ ކައިރިން ހޮވައިގެން ގެނައި ކުކުޅު ކޭހެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންވެ އޭގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް ފުލުހުން ބުނެއެވެ.

އަދި އެ ކުކުޅު ކޭހުގެ ވެރިފަރާތުން، ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން