ކ. ތުލުސްދޫގައި ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ހޮސްޕިޓަލަކާއި މެޑިކަލް ކޮލެޖެއް އަޅައިދޭނެ ބަޔަކު ހޯދަން ތުލުސްދޫ ކައުންސިލުން އިއުލާންކުރީ މިދިޔަ ޖުލައި މަހު އެވެ.

އެހެން ނަމަވެސް ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "ރަސް"އަށް ވިދާޅުވީ އެކަމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދެ ކުންފުންޏަކު ކުރިމަތިލި ކަމަށާއި ނަމަވެސް އެކަށީގެންވާ ހުށަހެޅުމެއް ނުލިބޭ ކަމަށެވެ.

އެހެންވެ އަލުން އެކަމަށް މިއަދު ހުޅުވާލީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ބީލަން ހުށަހެޅުން އަންނަ މަހު 13ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ތުލުސްދޫ ކައުންސިލުން ނިންމާފައި ވަނީ ހޮސްޕިޓަލާއި ކޮލެޖެއް އެޅުމަށް ބޭނުންވާ ބިން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށެވެ.

ތުލުސްދޫގައި މެޑިކަލް ކޮލެޖެއް ގާއިމުކުރަން ނިންމި އިރު ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލް ޕާކިސްތާނުގެ ހިލޭ އެހީގައި އިމާރާތް ކޮށްދޭން ވަނީ ނިންމައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން