އައްޑޫގެ އެކި ސަރަހައްދުތަކުގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް ފަސް ދުވަސްތެރޭ ނެގުމަށް އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ހިތަދޫގައި ހިންގާ ސަރވިސް ގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި ޤަވާއިދާ ޚިލާފަށް ގިނަ އަދަދެއްގެ ވެހިކަލްތައް މަރާމާތު ކުރުމަށް ގެންގޮސް ބަހައްޓާފައިހުންނަކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެއްގަމު އުޅަނދުތައް ގިނަ އައްޑޫގެ މަގުމައްޗަށް ވެހިކަލްތައް ދޫކޮށްލާފައި ހުރުމަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިއުނދަގޫ ކަމަކަށްވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓްތަކަށް މަގުފަހިވަމުންދާ ކަމެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ފަސް ދުވަސް ތެރޭ އެސަރަހައްދުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ކައުންސިލުން އަންގާފައިވާއިރު ކައުންސިލުން ބުނީ މި މުއްދަތުގެ ތެރޭގައި މިތަކެތި ނުނަގައިފިނަމަ ޤަވާޢިދު ނަންބަރު: 2019/R-984 "އާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު" ގައިވާގޮތުގެމަތިން އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު އެސަރަޙައްދުން އެތަކެތިނަގައި ޓޯކުރާނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން