ދުންފަތުގެ އެކި ބާވަތްތަކުން އާންމު ސިއްހަތަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި، ވޭޕް އަދި ދުންފަތުގެ އެނޫން ބާވަތްތައް ވެސް ރާއްޖޭގައި މަނާކުރަން، ރާއްޖޭގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ގޮވާލައިފިއެވެ.
އެ ޖަމިއްޔާއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މުޅި ދުނިޔެއަށް ވެސް މިވަގުތު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި، ދުންފަތާއި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ އެފަދަ ބަލިތަކަށް މަގުފަހިވުމުގައި އިސް ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކާ ކަމަށެވެ.
އެގޮތުން، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާއާއި 250 ވިހައެއް އެކުލަވޭ އެއްޗަކަށް ވެފައި އޭގެތެރެއިން 70 މާއްދާއަކީ ކެންސަރަށް މަގުފަހިކުރާ މާއްދާތައް ކަމަށާއި އޭގެ ސަބަބުން އެތަކެތި ބޭނުންކުރާ މީހާގެ އިތުރުން، އޭގެ ދުމުގެ އަސަރު ކުރާ ފަރާތްތަކަށް ވެސް ބޮޑެތި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަން ބަޔާނުގައި ވަނީ ބުނެދީފައެވެ.
އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ކަންކަމުގައި ޒަމާނީ ކުލަޖެހި ވޭޕް އަދި އިލެކްޓްރިކް ސިނގިރޭޓު މިއަދު ރާއްޖެއަށް ވެސް މަޝްހޫރުވެ، އޭގައި ގިނަ ބަޔަކު ޖެހިފައިވާކަމަށާއި އޭގައި ހިމެނޭ މެންތޯލް އަދި ސިނަމަން ފަދަ ފްލޭވަރތަކަކީ ފުއްޕާމޭ ހަލާކު ކުރުވާ މައިގަނޑު ފްލޭވަރތައްކަން ދިރާސާތަކުން ދައްކާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން، ދުންފަތާއި ވޭޕް ރާއްޖޭގައި މަނާ ކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ އެސޯސިއޭޝަނުން ގޮވާލާކަމަށް ބަޔާނުގައި ވެއެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް ވޭޕް ވަނީ މަނާކޮށްފައި ކަމަށާއި އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ ވެސް ހިމެނޭ ކަމަށެވެ.

Tobacco kills more than 8 million people each year, including an estimated 1.3 million non-smokers who are exposed to second-hand smoke. pic.twitter.com/MzeI2DfCAF
— Maldivian Medical Association (@mma_mv) September 25, 2024
އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ކަންކަމުގައި ޒަމާނީ ކުލަޖެހި ވޭޕް އަދި އިލެކްޓްރިކް ސިނގިރޭޓު މިއަދު ރާއްޖެއަށް ވެސް މަޝްހޫރުވެ، އޭގައި ގިނަ ބަޔަކު ޖެހިފައިވާކަމަށާއި އޭގައި ހިމެނޭ މެންތޯލް އަދި ސިނަމަން ފަދަ ފްލޭވަރތަކަކީ ފުއްޕާމޭ ހަލާކު ކުރުވާ މައިގަނޑު ފްލޭވަރތައްކަން ދިރާސާތަކުން ދައްކާކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން، ދުންފަތާއި ވޭޕް ރާއްޖޭގައި މަނާ ކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅައިދިނުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ އެސޯސިއޭޝަނުން ގޮވާލާކަމަށް ބަޔާނުގައި ވެއެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް ވޭޕް ވަނީ މަނާކޮށްފައި ކަމަށާއި އޭގެ ތެރޭގައި އަވަށްޓެރި އިންޑިއާ ވެސް ހިމެނޭ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު