ރައްޔިތުންގެ ތާއިދު ގެއްލިގެންދާނެތީ ކުރީގެ ރައީސުންނަށް ކުރަން ކެރިވަޑައިނުގެންނެވި އެތަށް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަންފީޒު ކުރައްވާފައިވާ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

އދ ގެ އާންމު މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ތަގުރީރާ ގުޅިގެން "އެކްސްގައި" ކުރެއްވި ޕޯސްޓެއްގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވީ، ގިނަ ރައީސުން އެބޭފުޅުންގެ މަގާމް ގެއްލިދާނެތީ، ނުވަތަ ރައްޔިތުންގެ ތާއިދު ގެެއްލިދާނެތީ ކުރަން ކުރައްވަން ކެރިވަޑަައިގެންނުގެންނެވި އެތައް ކަމެއް ރައީސް މުއިއްޒު ފައްޓަވައި އެކަންކަން ތަންފީޒު ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލް އުޖާލާ ކުރަން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސާބިތުކަމާއެކު އެމަނިކުފާނު އަޅުއްވަން ފައްޓަވާފައިވާ ކަމަށް ނަރީޝް ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ ވެރިއެއްގެ އެންމެ ބޮޑު ޒިިންމާއަކީ ގައުމުގެ ޝާނާއި ޝައުކަތު އެހެން ގައުމުތަކުގެ ކުރިމަތީގައި ނެގެހެއްޓުމާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ބާރުތަކާއި އިސްތިގްލާލު ދެމެއްޓުމާއި، ގައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާވާނެ ކަންކަމުގައި ޚާރިޖީ ގުޅުންތައް ދޭދޭ ގައުމުތަކުގެ މެދުގައި ބަދަހިކުރުން ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު ކޮޅަށްޖަހައި، ނަފާވެރި، އުފެއްދުންތެރި، ވަތަނީ އަދި ދީނަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމާއި، ގައުމުގެ ހައްގުގައި އަޑުއުފުލަންޖެހޭ ކޮންމެ ތަނެއްގައި ފަސްޖެހުމެއް ނެތި ބަސްބުނަން ކެރިވަޑައިގަތުމަކީ ވެރިއެއްގެ ޒިންމާ ކަމަށް ނަރީޝް ވިދާޅުވިއެވެ.

"އަދުގެ ރައީސް ދިވެހީންގެ ފަޚުރުވެރި ރައީސް މުޢިއްޒު ސާބިތުކަމާއި އެކު މިއަދު ބައިނަލްއަޤްވާމީ މައިދާނުގައި އިސްވެ ދެންނެވުނު ހުރިހާކަމެއް މިގައުމުގަައި ކަށަވަރު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތާއި ދައްކަވަމުން ގެންދަވާ ހިއްވަރަށް އައްސަރިބަހާއި ސާބާސް ހައްޤު،" އދ ގެ އާންމު މަޖީލީހުގައި ރައީސް ދެއްވި ތަގުރީރަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވަމުން ނަރީޝް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން