ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އަވަހާރަ ކޮށްލާނެ ކަމަށް ބުނެ މީސްމީޑިއާ މެދުވެރިކޮށް އިންޒާރު ދިން މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ރައީސް މުޢިއްޒު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުދީފައިވަނީ އދ.ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު، ރައީސް އޮފީހުގެ ފޭސްބުކު ޕޭޖުން ލައިވްކޮށްފައިވަނިކޮށް، އެ ލައިވްއަށް މީހަކު ކުރި ކޮމެންޓެއްގައެވެ. އެގޮތުން އެ ކޮމެންޓުގައި ރައީސް އަށް ނިސްބަތްކޮށް ކަލޭ "މަރާލާނެ" ކަމަށް އޭނާ ވަނީ ކޮމެންޓްކޮށްފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވީ، ރައީސް، މުއިއްޒުއަށް މަރުގެ އިންޒާރުތަކެއް ދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.



ފޭސްބުކުގައި ރައީސްއަށް މަރުގެ އިންޒާރުދީފައިވާއިރު، އޭނާ ވަނީ ފުލުހުން މައްސަލަ ބަލަން ފެށިކަން ހާމަކުރި ހިސާބުން، "މަލާމާތުގެ" ރާގަކުން ހައްޔަރު ކުރަން އެދި ފުލުހުންނަށް ގޮންޖަހައި ވާހަކަ ދައްކާފައެވެ. ރައީސަށް މަރުގެ އިންޒާރުދިނީ އަސްލު އެކައުންޓަކުން ކަމެއް ނުވަތަ މީހެއްގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ހިންގާ ފޭކު އެކައުންޓަކުން ކަމެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން