އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއީމީ މެމްބަރުންނަށް ދީފައިވާ ވީޓޯ ބާރު މިހާރުން މިހާރަށް އުވައިލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

ރައީސް މުޢިއްޒު މިކަަމަށް ގޮވާލެއްވީ އދ.ގެ ސަލާމަތީ މަޖިލީހުގައި މިރޭ ތަގުރީރުކުރައްވަމުންނެވެ. މިއީ ސަލާމަތީ މަޖިލީހުގެ ދިގު ތާރީޚުގައި ރާއްޖޭގެ ވެރިއަކު އެ މަޖިލީހުގައި މިގޮތަށް ތަގުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފަލަސްތީނުގައި އިޒްރާއިލުން ހިންގަމުން އަންނަ ގަތުލުއާންމު ހުއްޓުވަން އދ. ނުކުޅެދިފައިވަނީ ވީޓޯގެ ބާރުން ކަމަށެވެ. އެގޮތުން ވީޓޯ ބާރު ބޭނުންކޮށްގެން ތަކުރާރުކޮށް ސަލާމަތީ މަޖިލީހުން އެކަމަށް ހުރަސްއަޅަމުންދާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ވީޓޯ ބާރުގެ ސަބަބުން އިސްރާއިލަށް އަނިޔާވެރިކަން ނުހުއްޓައި ކުރިއަށްދާން ފުރުސަތު ލިބިފައިވާކަމަށެެވެ. އޭގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ ގެއްލި، ގަދަބާރުން އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އާބާދުކުރުމުގެ ކަންކަން ހިންގަމުން އަންނަކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އަދަބެއް ނުދެވި، އަނިޔާވެރި އިސްތިޢުމާރާއި ގަތުލުއާންމު ދެމެހެއްޓުމަށް އިޒްރޭލަށް ފުރުޞަތު ފަހިކޮށްދެނީ ވީޓޯ. އެ ސަރަހައްދު ނުރައްކަލަށް ވައްޓާލާފައި ވަނީ މަޖިލީހުގެ މެންބަރުންނަށް ލިބިދީފައިވާ ވީޓޯގެ ބާރުން. މައުސޫމު އިންސާނުންތަކެއް ޤަތުލުކުރާނެ ފުރުޞަތު ދެމުން ދަނީވެސް މި ވީޓޯގެ ބާރުގަ. އެހެންކަމުން، އަޅުގަނޑުމެން، އެބަޖެހޭ މި ވީޓޯ "ޤަތުލު" ކުރަން." ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސްގެ ތަގުރީރުގައި 15 އަހަރުވީރު ވެސް އެއްވެސް ނަތީޖާއެއް ނުނެރެވިވާ ދޭދޭ ގައުމުތަކުގެ ސަރުކާރުތަކުގެ މަޝްވަރާކުރުންތައް ހުއްޓައިލަން ގޮވައިލެއްވިއެެވެ. އަދި އަލުން މަޝްވަރާކުރުންތައް ފަށައި މިކަންކަން ކަރުދާހަށް ތިރިކޮށްގެން ކުރިއަށްގެންދިއުމަށް ވެސް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯ ބާރަކީ އެ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ގޮތުގައި ހިމެނޭ ފަސް ގައުމުކަމަށްވާ ޗައިނާ، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް، އަދި އެމެރިކާއަށް، ގަރާރު ތަންފީޒުކުރުމާމެދު އެއްބަސްވުމަށް ނުވަތަ ދެކޮޅު ވުމަށް ދީފައި އޮންނަ ބާރެކެެވެ.

ވީޓޯކުރުމުގެ ބާރު ލިބިފައިވާ އެންމެ ގައުމަކުން ވެސް އެ މަޖިލީހަށް ހުށަހެޅޭ ގަރަރާކާ ދެކޮޅަށް ވޯޓު ދީފިނަމަ އެ ގަރާރެއްގެ މައްސަލަ އިތުރަށް ކުރިއަށް ނުދާނެއެވެ. މިހާތަނަށް 293 އަށްވުރެ ގިނަ ފަހަރު ވީޓޯ ބާރު ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން