މީ ޑިމޮކްރެސީއާ ބީރައްޓެހި ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލައްވައި ރޭ ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން އިބުރޭ ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދޭކަމަށާއި އޭގެ ބަދަލުގައި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގައުމު ދަނީ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުން ކަމަށެވެ.
ހަމައެއާއެކު މިހާރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޒިންމާދާރު ކުރުވުމަށް މަސައްކަތް ނުކުރާކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ، މިއީ ޑިމޮކްރަސީގެ ނަމުގައި ޑިމޮކްރަސީއާ އިދިކޮޅަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށެވެ.
އޭގެ އިތުރުން މިހާރު ފެންނަނީ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނު ހެދުމުގެ ބާރު ވަރަށް ބޮޑަށް މަސްހުނިވެފައިވާތަން ކަމަށާއި މަޖިލީހުގެ ތެރޭގައި މެންބަރުންނަށް ވެސް އަމަލުކުރެވެނީ ސަރުކާރުން ބުނާ ގޮތަކަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
“މިއީ ޑިމޮކްރަސީއަށް ވެސް ރައްޔިތުންނަށް ވެސް ވަރަށް ދެރަ ގޮތެއް. ވަރަށް ނިކަމެތި ގޮތެއް މިފެންނަނީ.” ރޭގެ ޕްރޮގްރާމްގައި ޝަރީފް ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތަކާމެދު މިސަރުކާރުގެ ވެރިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް އިޝާރާތް ކުރަށްވަމުން ޝަރީފް ވިދާޅުވީ ކުރީ ސަރުކާރުތަކުން ލޯނު ނަގާފައިވަނީ ޤައުމީ ތަރައްގީގެ މަޝްރޫއުތަކަށް ކަމަށެވެ.
އަދި އެލޯނުތައް ސަރުކާރުތަކުން ނަގާފައިވަނީ ލޯނު ދެއްކުމުގެ ފުރިހަމަ ޕްލޭންތަކާއެކު ކަމަށާއި، އެހެންކަމުން އެކަން ރައްޔިތުންނަށް އޮޅުވާ ނުލުމަށް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު