ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ރައީސް ޔާމީން ޖަލަށް ލިޔަސް ޖަލަށް ނުލިޔަސް މި ސަރުކާރަށް ދެ ދައުރު ނުލިބޭނެ ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުން ޢުމަރު ވިދާޅުވީ ރައީސް ޔާމީނަކީ ސިޔާސީ ގޮތުން އަދިވެސް ވަރަށް މަޤްބޫލު ޝަޚުސިއްޔަތެއް ކަމަށެވެ. ޚާއްސަކޮށް ޕީޕީއެމް އާއި ޕީއެންސީގެ ޢާއްމު މެންބަރުންގެ މެދުގައި އެންމެ މަޤުބޫލް ސިޔާސީ ޝަޚްސިއްޔަތަކީ ރައީސް ޔާމީން ކަމަށް ޢުމަރު ވިދާޅުވިއެވެ.

މި ސަރުކާރުން އެމްއެމްޕީއާސީގެ ޚިޔާނާތުގެ މައްސަލަ ބަލާނެކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރަށްވަމުން ޢުމަރު ވިދާޅުވީ މި ސަރުކާރަށް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން ދައްކަމުން އެދަނީ ރައީސް ޔާމީން ޖަލަށްލާ ވާހަކަ ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ރައީސް ޔާމީން ޖަލަށް ލުމަށް ކަމަށާއި ސަބަބަކީ މާ ލަސްވެއްޖެނަމަ އެކަން ނުވާނެތީ ކަމަށްވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.

“އެބޭފުޅާ ޖަލަށް ލައިގެން މިބޭފުޅުންނަށް އިންތިޚާބެއް ވިން ކުރެއްވޭނެ އެއްގޮތެއްވެސް ނޯންނާނެ. އެބޭފުޅާ ދޫކޮށްފައި ބަހައްޓައިގެންވެސް ވިން ކުރެވޭނެ ގޮތެއް ނޯންނާނެ. އެހެންވީމާ މިހާރު މިއޮތީ ކޮންމެ ގޮތެއްވިޔަސް ގޯސްގޮތަށް ދިމާވެފަ.” ޢުމަރު ވިދާޅުވެފައިވެއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވަމުން ޢުމަރު ވިދާޅުވީ މިހާރު ފެންނަމުން ދަނީ މި ސަރުކާރުން އިންޑިއާގެ އުނގަށް ވެއްޓިފައިވާ މަންޒަރު ކަމަށެވެ.

“މިއީ މިނިވަންކަމާއި އިންޑިއާގެ އަސްކަރިއްޔާ ފުރުވާލާނެކަމުގެ ޔަގީންކަމާއެކު ދިން ވޯޓެއް. އެ ވޯޓުގައި އެހާ ބޮޑުކޮށް ޕްރޮމިސްކޮށްފައި އައިސް ކޮމްޕްލީޓް ޔޫޓާންއެއް.” ސަރުކާރުގެ ޢަމަލުތަކަށް ފާޑު ވިދާޅުވަމުން ޢުމަރު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރު ގެންނަށް ވޯޓު ދިން މީހުންނަށް މިސަރުކާރުން ހިޔާނާތްވެފައިވާ ކަމަށް ޢުމަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން