ޠައްޔިބު ޝަހީމް
ޠައްޔިބު ޝަހީމް
ފުލުހުންގެ ނަމުގައި ޞައްޙަ ނޫން ބަޔާނެއް ދައުރުކުރި މައްސަލައިގައި ޠައްޔިބު ޝަހީމް ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ސުވާލު ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ޞައްޙަ ނޫން ބަޔާނުގެ މައްސަލައާ ގުޅިގެން ތޮއްޔިބު ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް، ސުވާލު ކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން މީގެކުރިން ވަނީ ޠައްޔިބުގެ ފޯނާއި، އިލެކްޓްރިކް ބައެއް ސާމާނު ހިފަހައްޓާފައެވެ. އަދި އެތަކެތި ހިފެހެއްޓީ ތަހުޤީޤުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ޠައްޔިބުގެ ފޯނު ހިފަހައްޓާފައިވާއިރު ދާދިފަހުން އެކެއް ފެބްރުއަރީގެ ކޯޓު އަމުރާ ގުޅޭ ތަހުގީގު ބަޔާންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން އެއީ ދޮގު ބަޔާންތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޠައްޔިބު ވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއް އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން